ގެސްޓް ހައުސެއްގެ ކޮޓަރިއެއްތެރޭގައި ޒަހަމުކޮށްލާފައި އޮތް މީހަކު ފެނިއްޖެ

ގެސްޓް ހައުސެއްގެ ކޮޓަރިއެއްތެރޭގައި ޒަހަމުކޮށްލާފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ މާފަންނުގެ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގައި އުޅޭ މީހަކު ހަބަރެއް ނުވާކަމަށް ލިބުނު މައުލޫމާތާއި ގުޅިގެން މިއަދު ފުލުހުން އެތަނަށް ގޮސްފައިވާ ކަމަށެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

ފުލުހުން ގޮސް އެ ކޮޓަރިއަށްވަދެ ބެލިއިރު ޒަހަމުތަކަކާއެކު އޮތް މީހަކު ފެނިފައިވާ ކަމަށާއި އެެއީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ޒަޚަމްވެފައިވާ ފަރާތް ވަނީ އައި.ޖީ.އެމް.އެޗަށް ގެންގޮސްފައިވާ ކަމަށާ އޭނާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގެ ސީންގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.