އިމިގްރޭޝަންގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރާތީ ސަމާލުވުމަށް އެދިއްޖެ

އިމިގްރޭޝަންގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރާތީ ސަމާލުވުމަށް އެއިދާރާއިން އެދިއްޖެއެވެ.

އިމިގްރޭޝަނުން މިއަދު ބުނެފައިވަނީ “ވަޓްސްއެޕް” މެދުވެރިކޮށް ރާއްޖެއިން ބޭރު ޤައުމެއްގެ ނަންބަރުން އަންނަ ވީޑިއޯ ކޯލްތަކެއްގައި އިމިގްރޭޝަން ޔުނިފޯމް އާއި ވައްތަރު ޔުނިފޯމެއް އަޅައިގެން ތިބޭ ބަޔަކު، އާންމުންނަށް ގުޅައި އެމީހުންގެ ޒާތީ މައުލޫމާތާއި، ބޭންކު ކާޑުގެ މަޢުލޫމާތު ހޯދަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

މިއީ އެއްވެސް ހާލެއްގައި އިމިގްރޭޝަން އޮފިސަރުންގެ އަމަލެއް ނޫންކަމުގައި އެ އިދާރާއިން ބުނެފައިވެއެވެ. އަދި މިފަދަ ސްކޭމް ކޯލްތަކަށް ސަމާލުވުމަށް އެއިލްތިމާސް ކޮށްފައިވެއެވެ.

ރާއްޖޭގައި ސްކޭމް ކުރުމުގެ މައްސަލަތައް އިތުރުވެފައިވާއިރު މިފަދަ މައްސަލަތައް މަދުކުރުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.