ހޯމް މިނިސްޓަރު އަލީ އިހުސާންގެ ސެކިއުރިޓީއާ ސިފައިން ހަވާލުވެއްޖެ

ހޯމް މިނިސްޓްރީން ބުނީ މިދިޔަ ބުދަ ދުވަހުގެ ރެއިން ފެށިގެން މިނިސްޓަރު އިހުސާންގެ ސެކިއުރިޓީއާ އެމްއެންޑީއެފުން ހަވާލުވީ ހެދި “ތްރެޓް އެސެސްމަންޓް” އަކަށް ފަހު ކަމަށެވެ.

އާންމު އުސޫލުގެ ދަށުން ވަޒީރުންގެ ތެރެއިން ސިފައިން ސެކިއުރިޓީ ފޯރުކޮށްދެނީ ޑިފެންސް މިނިސްޓަރަށެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

މިނިސްޓަރު އިހުސާނަކީ މި ސަރުކާރުގައި އެންމެ ނުފޫޒުގަދަ އެއް ވަޒީރު ކަމަށްވާއިރު، ބިދޭސީންގެ މައްސަލަ ހައްލުކުރަން ގިނަ މަސައްކަތްތަކެއް އޭނާގެ ބެލުމުގެ ދަށުން ހޯމް މިނިސްޓްރީއާ ގުޅުންހުރި އިދާރާތަކުން އަންނަނީ ކުރަމުންނެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަނެ، އެ މީހުން ޑީޕޯޓް ކުރަމުން އަންނައިރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދާ ހިލާފަށް ރާއްޖޭގައި ހިންގަމުންދާ ވިޔަފާރިތައް ވެސް ދަނީ ބަންދުކުރަމުންނެވެ. އެގޮތުން ނޮވެމްބަރު 17 އިން ފެށިގެން މިހާތަނަށް 3،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވެ އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.