ޓީޗަރުންގެ ދުވަސް ފާހަގަކުރަން ފައިސާ ނުނަގަން އަންގައިފި

ޓީޗަރުންގެ ދުވަސް މި އަހަރު ފާހަގަކުރަން ބެލެނިވެރިންގެ އަތުން ފައިސާ ނުނަގަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އެންގި ސާކިއުލާގައި ވަނީ، ޓީޗަރުންގެ ދުވަސް ފާހަގަކުރަން ދަރިވަރުންނާއި ބެލެނިވެރިން އަތުން ފައިސާ ނުނަގަން އަންގާފައެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

އަގުބޮޑު ހަފްލާތަކަށް ވުރެ އިލްމީ އުފެއްދުންތެރި ހަރަކާތްތަކަށް އިސްކަންދީގެން ދުވަސްތައް ފާހަގަކުރުމާއި ޓީޗަރުންގެ ދުވަސް އޮކްޓޯބަރު މަހުގެ 6 އިން 10 އާ ދެމެދު ފާހަގަ ކުރުމާއި ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތައް އެއް ދުވަހެއްގެ ތެރޭގައި ގެންދިއުމަށް ވެސް ވަނީ އަންގާފަ އެވެ.

މީގެއިތުރުން ދުވަހުގެ ހަރަކާތްތައް ކޮންމެ ދަންފަޅިއެއްގައި ވެސް 45 މިނެޓަށްވުރެ ދިގު ނުކުރުމާއި ރަސްމީ ސެޝަންގެ ތެރެއިން ދެ ގަޑިއިރަށްވުރެ ދިގު ނުކުރުމާއި ރަށުން ބޭރުގައި ހަރަކާތްތައް ނުބޭއްވުމަށް ވެސް އަންގާފައިވެ އެވެ.

އޭގެ އިތުރަށް ވަކިވަކި ޓީޗަރުންނަށް ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ހަދިޔާ ނުދޭން ވެސް އެޑިޔުކޭޝާން މިނިސްޓްރީން ވަނީ އަންގާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.