ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްބާސް އައްޔަނު ކުރައްވައިފި

ޕްރޮސެކިއުޓާ ޖެނެރަލް (ޕީީޖީ)ގެ މަގާމަށް އައްބާސް ޝަރީފް އައްޔަނުކުރައްވައިފިއެވެ.

ޕީޖީގެ މަގާމަށް އައްބާސް އައްޔަނު ކުރައްވައި މަގާމުގެ ފަތްކޮޅު އެރުވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި ޕީޖީގެ މަގާމަށް އައްބާސް ޝަރީފް އައްޔަނު ކުރުމަށް މަޖިލީހުން ވަނީ ރުހުން ދީފައެވެ. މިގޮތަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 85 މެންބަރުންގެ އިއްތިފާގުންނެވެ.

އައްބާސްގެ އިތުރުން ޕީޖީގެ މަގާމަށް ކުރިމަތިލެއްވީ މަރްޔަމް ނިހާޔަތު މ. ތާޖް، އަހްމަދު ހައިލަމް އޯޝަންލީޑް ސ.ހިތަދޫ، އަލީ ސަމީރު މއ. ވޭސައިޑް 610 ފްލެޓް، އަހްމަދު ޔާމީން ހ. ދިއްލީގެ އަދި އިބްރާހިމް އަލީ ހުޅުމާލެ ހިޔާ 6-13-02 އެވެ.

އައްބާސް ވަނީ 2011 އިން 2015 އަށް ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީގެ މަގާމުވެސް ވަނީ އަދާކުރައްވާފައެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ މަޤާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް އިސްތިއުފާ ދެއްވުމުންނެވެ. ޝަމީމް އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހަށް މައްސަލަ ވައްދާ ވޯޓަށް އެހުމަށް ކުޑަވަގުތުކޮޅަކަށް ވެފައިވަނިކޮށެވެ. ޝަމީމް އިސްތިއުފާ ދެއްވިކަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އިއުލާނު ކުރިނަމަވެސް މަޖިލީހުން ވަނީ ޕްރޮސިކިއުޓާ ޖެނެރަލް ކަމުން ޝަމީމް ވަކިކުރުމަށް ފާސް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.