އުތުރުގެ އައިއެސްޕީއެސް ގޭޓް ހުޅުވައިފި

ރާއްޖެގެ އުތުރުން ދަތުރުކުރާ ބޯޓުފަހަރަށް ބޭނުންވާ މެރިޓައިމް ހިދުމަތްތައް ދިނުމަށް އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް އިފްތިތާހުކޮށްފި އެވެ.

ހއ. އުލިގަމުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އައިއެސްޕީއެސް ގޭޓް އިފުތިތާހުކޮށްދެއްވީ ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ އުލިގަމުގެ މެޖިސްޓްރޭޓް ރިޓަޔާޑް އަލްއުސްތާޒް އިދުރީސް އާދަމެވެ. މެރިޓައިމް ޚިދުމަތްތައް ދޭނީ އެމްޕީއެލްގެ ފަރާތުންނެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

ރާއްޖޭގެ އެންމެ އުތުރު ކަމަށްވާ އިހަވަންދިއްޕޮޅަކީ ކޮންމެ ދުވަހަކު ވެސް އެތައް ބޯޓުފަހަރެއް ދަތުރުކުރާ ސަރަހައްދެކެވެ. އެ ސަރަހައްދުން ކޮންމެ ދުވަހަކު 200 އަށްވުރެ ގިނަ އާގުބޯޓު ދަތުރު ކުރެ އެވެ.

އެސްޓީއޯ އާއި އެމްޕީއެލް ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ބަންކަރިން ހިދުމަތް އިހަވަންދިއްޕޮޅުގައި ފަށަން ތައްޔާރުވެފައިވާ އިރު، މި ހިދުމަތް ފެށުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ވަނީ ނިންމައިފަ އެވެ. އެގޮތުން އެ ހިދުމަތް ފެށުމަށް ބޭނުންވާ ދެ ބޯޓު ވެސް މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ.

ބަންކަރިންގެ ހިދުމަތާ އެކު އިންޓަނޭޝަނަލް ކަސްޓަމަރުންނަށް، އިތުރު 14 ހިދުމަތެއް އެމްޕީއެލްގެ ފަރާތުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެމްޕީއެލް އިން ވަނީ މި ހިދުތަމަށް 24 ގަޑިއިރުގެ ކޯލް ސެންޓަރެއް ވެސް ގާއިމުކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.