ރައީސް މާދަމާ ހއ. އަތޮޅަށް ވަޑައިގަންނަވަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ސިލްސިލާތަކުގެ ތެރެއިން މާދަމާ ހއ. އަތޮޅަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްްޖެ އެވެ.
އެނގިފައިވާ ގޮތުގައި އެ އަތޮޅުގެ ގިނަ ރަށްތަކަށް ރައީސް ކުރައްވާ ދަތުރުގައި އެންމެ ފުރަތަމަ ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ދިއްދުއަށެވެ. ރައީސްގެ ދަތުރުގައި ސަރުކާާރުގެ އިސް ވަފުދެއް ބައިވެރިވަޑައިގަންނަވާނެ އެވެ.
ނަމަވެސް މި ދަތުރާ ގުޅޭ ގޮތުން ރައީސް އޮފީހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ. ނަމަވެސް މާދަމާ ރައީސް ދިއްދު އަށް ވަޑައިގަންނަވަން ހަމަޖެހިފައިވާތީ ރަށުގައި އިދިކޮޅު އެމްޑީޕީން ދަތުރަށް ހުރަސް އެޅޭ ފަދަ އަމަލެއް ނުހިންގުމަށް އަންގާފައިވެ އެވެ.
މިދިޔަ ހަފުތާގައި ރައީސް ހަތަރު ދުވަހަށް ކުރެއްވި ދަތުރެއްގައި ރ. އަތޮޅުގެ 11 ރަށަކަށް ވަޑައިގެންނެވި އެވެ.