
މި އަހަރުގެ ފުރަތަމަ އިހްޔާ ފޯރަމް މިރޭ
ރޯދަ މަހުގެ ރޭތައް އިހްޔާ ކުރަން ބާއްވަމުން އަންނަ އިހްޔާ ފޯރަމްގެ މި ރޯދަ މަހުގެ ފުރަތަމަ ފޯރަމް މިރޭ ބާއްވަން ތައްޔާރުވެއްޖެ އެވެ.
އިސްލާމީ މަރުކަޒުގައި ބާއްވާ ފޯރަމްގައި ތަގުރީރު ކުރައްވާނީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. މައުޟޫ އަކީ ”ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުން ކުރުން“ އެވެ.
ފޯރަމް ފަށާނީ މިރޭ 9:30 ގަ އެވެ.
އެހެން އަހަރުތަކާ އެއްގޮތަށް މިއަހަރު ވެސް އިޙްޔާ ފޯރަމްއަށް ހާޒިރުވާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހުންނަށް ހާއްސަ އިނާމުތަކެއް ވެސް ދޭނެ އެވެ.
މި ރޯދަ މަހު މަހު މާލޭގައި 8 އިޙްޔާ ފޯރަމް ބާއްވަން ހަނަޖެހިފައިވާ އިރު، އަތޮޅުތެރޭގެ 7 ރަށެއްގައި އިޙްޔާ ފޯރަމް ބާއްވާނެ އެވެ. އެއީ ފުވައްމުލަކާއި ހދ. ނާވައިދު އާއި ނ. މަނަދު އާއި ތ. ގުރައިދު އާއި ހއ. ބާރަށާއި ގދ. ގައްދޫގެ އިތުރުން ރ. މީދު އެވެ.
މި ރަށްތަކުގައި ފޯރަމް ބާއްވާނީ ކޮންމެ އަންގާރައަކާއި ހުކުރު ދުވަހުގެ ރޭގަ އެވެ.
އަދި ހަ ސްކޫލްއަކާއެކު ދަރިވަރުންގެ އިޙްޔާ ފޯރަމް މި އަހަރު ވެސް އޮންނާނެ އެވެ.