
ކޮމިޝަނަ ޖެނެރަލްގެ އެވޯޑް 26 މުވައްޒަފަކަށް
ކަސްޓަމްސްގެ 26 އޮފިސަރަކަށް ކޮމިޝަނަ ޖެނެރަލްގެ އެވޯޑް ދީފި އެވެ.
މި އެވޯޑަކީ ވަޒީފާގައި ފާހަގަކޮށްލެވޭ ރަނގަޅު މަސައްކަތްތަކެއް ކުރާ މުވައްޒަފުންނަށް ދެވޭ ޚާއްސަ އެވޯޑެކެވެ.
ކަސްޓަމްސް އިން ބުނީ ކޮމިޝަނަ ޖެނެރަލްގެ އެވޯޑް ދިނުމުގެ މައިގަނޑު މަގުސަދަކީ މުވައްޒަފުންގެ މެދުގައި ހިތްވަރު އިތުރުކޮށް، މަސައްކަތުގެ ފެންވަރު މަތިކުރުމަށް ބާރުއެޅުމާއި މުވައްޒަފުންގެ މަސައްކަތަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަގުފަހިކުރުން ކަމަށެވެ.
އެވޯޑް ދިނުމުގައި އެކި ދާއިރާތަކުން މުވައްޒަފުން ކުރާ މަސައްކަތްތަކަށް ބަލައި، އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރާއި އަހުލާގަށް ޚާއްސަ ސަމާލުކަމެއް ދޭ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އެގޮތުން މި ފަހަރު ކޮމިޝަނަ ޖެނެރަލްގެ އެވޯޑް ލިބުނު މުވައްޒަފުންނަށ އެވޯޑް ހަވާލުކޮށް ދެއްވީ ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ އެވެ.