
ވޯޓު ލީ އެންމެންގެއިއްތިފާޤުން ސްޕްޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ޗެއަރޕާސަން ކަމަށް އިބޭ
ރޭ ޝީ ބިލްޑިންގ ގައި ބޭއްވި ސްޕްޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ދެވަނަ ދައުރުގެ އިންތިޚާބު އިބްރާހީމް ރަމީޒް (އިބޭ) ކާމިޔާބު ކުރެއްވީ ވޯޓުލީ އެންމެންގެ އިއްތިފާޤުންނެވެ.
ނިމިދިޔަ ދައުރުގައި އިބޭ އަދާކުރައްވަމުން ގެންދެވީ ޓެކްނިކަލް ޑިރެކްޓަރުގެ މަޤާމެވެ.
މީގެއިތުރުން ސެކްރެޓަރީ ޖެނެރަލް / ނެޝަނަލް ޑިރެކްޓަރުގެ މަޤާމަށް ދެ ބޭފުޅުން ވަނީ ވާދަކުރައްވާފައެވެ. އެއީ މަރްޔަމް އަބްދުއްރަޙީމް އަށް 20 ވޯޓު އަދި ފާޠިމަތު ފައިރޫޒާ އާދަމް އަށް 21 ވޯޓެވެ. އެމަގާމު މިހާރުވެސް އަދާކުރައްވަނީ ފައިރޫޒާއެވެ.
ކުރިއަށް އޮތް 4 އަހަރަށް އިންތިހާބުކުރި ހިންގާކޮމެޓީގެ ޚަޒާންދާރުގެ މަޤާމަށް 36 ވޯޓާއެކު، ހޮވިފައިވާނީ ޞަފްވާން ޝަމީމް އެވެ. އައިޑީ އެކްސްޕާޓުގެ މަޤާމަށް އިންތިޚާބުވީ ޢަބްދުﷲ ޝާހް އެވެ. އޭނާ އަށް ވެސް ވަނީ 36 ވޯޓު ލިބިފަ އެވެ.
މީގެއިތުރުން ފެމިލީ ރެޕްރެޒެންޓޭޓިވްއަކަށް 37 ވޯޓާއެކު ޝާދިޔާ ޢަބްދުލްޙަމީދު، އެތުލީޓް ރެޕްރެޒެންޓޭޓިވްއަކަށް 40 ވޯޓާއެކު ، އިބްރާހިމް ރަބީޠު އަދި ޢާންމު މެންބަރުކަމުގެ މަޤާމަށް 40 ވޯޓާއެކު އާމިނަތު ޝިޔާނާ އަދި 20 ވޯޓާއެކު މުޙައްމަދު އަފްރާހް އެވެ. ޢާންމު މެންބަރުކަމަށް ވާދަކުރި އިޙްސާނާ މުޙައްމަދަށް ލިބިފައިވަނީ 19 ވޯޓެވެ.