ހީކުރާ ގޮތާއި ކަމުގެ ހަޤީޤަތް (2)

 

ހީކުރާ ގޮތްކަމުގެ ހަޤީޤަތް
ވެރިކަމަކީ ފާޑެއްގެ ކަމެކެވެ. ކޮންމެ ކޮންމެ މީހަކަށް އެކަމެއް ނުވާނެއެވެ.ކޮންމެމީހަކަށްވެސް ވެރިކަން ކުރެވިދާނެއެވެ. ވެރިކަންކުރަން ނޭނގޭ މީހަކު އެކަން ކުރަން އުޅެފިނަމަ ފެއިލްވެ ބޭޒާރުވާލެއް ވަރަށް އަވަސްވާނެއެވެ.
ބައެއްޕާޓީ އަބަދުވެސް ރަނގަޅުވާނީ އިދިކޮޅު ޕާޓީގެ ގޮތުގައި އޮންނާށެވެ. އަދި އަނެއްޕާޓީއެއް ރަނގަޅުވާނީ ވެރިކަން ކުރާށެވެ.އިދިކޮޅަށް އޮންނަޕާޓީ ހަރަކާތްތެރިނުވާންފެށުމުން ދެން ހީކުރެވެނީ އެޕާޓީ ރަނގަޅީ ވެރިކަން ކުރަން ކަމުގައެވެ. އަދި ކުރިން އިދިކޮޅުގައި އޮތްޕާޓީ އަބަދުވެސް ރަނގަޅުވާނީ އިދިކޮޅުޕާޓީ ގެ ގޮތުގައި އޮތުމެވެ. ހަޤީޤަތަކީ އިދިކޮޅަށް އޮންނަ ޕާޓީއަށް އިދިކޮޅަށް އޮންނަން ނޭގެންޏާ ވެރިކަން ކުރާކަށްވެސް ނޭނގޭނެއެވެ.
ޑިމޮކްރަސީ އަކީ ވަރަށް ފަހުން ތަޢާރަފްވެގެން އުޅޭ ނިޒާމެކެވެ.ޑީމޮކްރަސީ އަކީ އީސާގެފާނަށްވުރެ 500 އަހަރު ކުރިން އުފެދިގެން އައި ވެރިކަމުގެ ނިޒާމެކެވެ.
ހުރިހާ ޤާނޫނެއް އޮންނަންވާނީ ލިޔެވިފައެވެ.ދުނިޔޭގައި ނުލިޔެވޭ ޤާނޫނުތަކަކީ މާގިނަ އެއްޗެކެވެ.
ކައުންސިލަރަކު ޕާޓީ ޓިކެޓެއްގައި ހޮވުމަށްފަހު އޭނާ ޕާޓީ ބަދަލުކޮށްގެންނުވާނެއެވެ.ކައުންސިލަރު ހޮވަން ވޯޓުދިންމީހުން ހަރަކާތްތެރިވެ ތާޢީދު ކުރާ ޕާޓީ ބަދަލުކޮށްފިނަމަ ކައުންސިލަރު އެކަނި އެއްޕާޓީގައި ހުންނަންޖެހިދާނެއެވެ. އެހެންވީއިރު  ކައުންސިލަރަށްވެސް ޕާޓީ ބަދަލުވުމުގެ ފުރުޞަތު އޮންނަންވާނެއެވެ.
ކައުންސިލަރަށް ލިޔަންކިޔަން ނޭނގުނަސް އޭނާ ޕާޓީ ޓިކެޓެއްގައި އައިސްފިނަމަ ހޮވަންވާނެއެވެ.ލިޔަންކިޔަން ނޭނގޭ ނުވަތަ ކަމަށް ޤާބިލްނޫން ކައުންސިލަރުން ހޮވުމަކީ ޕާޓީއަށް ދެވޭ އަނިޔާއެކެވެ. ޕާޓީގެ ހައިބަތު ގެއްލިދާ ކަމެކެވެ.

އިޝްތިހާރު full width ad 1200 x 150

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.