ހީކުރާ ގޮތާއި ކަމުގެ ހަޤީޤަތް (3)

 

ހީކުރާ ގޮތްކަމުގެ ހަޤީޤަތް
އިދިކޮޅު މީހުން ލޯކަލް ކައުންސިލް އަށް ހޮވުމަކީ 2018  ވަނައަހަރަށް އޮތް ރިޔާސީ އިންތިހާބަށް އިދކޮޅު ޕާޓީ ކާމިޔާބު ކުރުމަށް އެޅޭ ފިޔަވަޅެކެވެ.އިދިކޮޅު ޕާޓީން ކަމުގައި ވިނަމަވެސް ، ނާޤާބިލް މީހަކު ލޯކަލް ކައުންސިލަށް ހޮވިއްޖެ ނަމަ އޭނާގެ ނާޤާބިލް ކަމުން ރައްޔިތުންނަށް ފެނިގެންދާނީ އިދިކޮޅު ޕާޓީގައި ހުރި ނާޤާބިލް ކަމެވެ.
ސިޔާސީ ގޮތުން އިދިކޮޅު ޕާޓީ އަބަދުވެސް އިދިކޮޅު ހަދަންވާނެއެވެ.ސަރުކާރާއި އެއްކޮޅަށް ޤައުމަށްޓަކައި މަސައްކަތް ކުރާ އިދިކޮޅު ޕާޓީ އަކީ  ސިޔާސީ ގޮތުން އުފެދިފައި އޮންނަ އިދިކޮޅު ޕާޓީއެވެ.
ދިގު މުއްދަތަކު ވެރިކަން ކޮށް އެކަމުގެ ތަޖުރިބާ ހުރި ބަޔަކަށް ވެރިކަން ކުރަން ފަސޭހަވާނެއެވެ.ދިގުމުއްދަތަކު އެބަޔަކު ވެރިކަން ކޮށްފައިވަނީ ހުދުމުހުތާރު ކޮށް ކަމުގައިވާނަމަ ދެންވެސް އެބަޔަކަށް ވެރިކަން ލިބުމާއި އެކު ހުދުމުހުތާރު ވުން ނޫންގޮތެއް ނުދެއްކޭނެއެވެ. އެހެނީ އެމީހުން ތަޖުރިބާގެ އަލީގައި ވެރިކަން ކުރާނަމަ ކުރެވޭނީ ހުދުމުހުތާރު ވެރިކަމެކެވެ.
ފާޑުވެރިންނަކީ ފާޑު ކިޔާމީހުންނެވެ.ފާޑުވެރިންނަކީ ގޮތްފާޑު ރާވާއެކަށަ އަޅާމީހުންނެވެ.
ރިޔާސީ ނިޒާމުގައި ކޯލިޝަން އަކުން ވެރިކަން ކުރެވިދާނެއެވެ.ކޮންމެ ނިޒާމެއްގައިވެސް ކޯލިޝަން އަކުން ވެރިކަން ކުރެވިދާނެއެވެ. އެހެނަސް ރިޔާސީ ނިޒާމު ބެލެވެނީ ކޯލިޝަން ގެ ނުފޫޒު އެންމެ ކުޑަ ގޮތަށް ކުރެވޭ ވެރިކަން ކަމުގައެވެ.
ހުރިހާ ރިޔާސީ ނިޒާމެއްގައިވެސް ވެރިއަކަށް ހޮވޭނީ ގިނަ ރައްޔިތުން ތާއިދު ކުރާ ވެރިއެކެވެ.އެމެރިކާގައި އޮންނަ ރިޔާސީ ނިޒާމުގައި ވެރިކަމަށް އަންނަނީ ރައްޔިތުންގެ ވޯޓް ގިނައިން ލިބުނަސް ސެނެޓްގެ ވޯޓްވެސް ގިނައިން ލިބުމުންނެވެ.  2016 ގައި ހިލަރީ ކްލިންޓަނަށް ރައްޔުތުންގެ ކިބައިން ލިބުނު ވޯޓް ޓްރަމްޕަށް ލިބުނު ވޯޓަށްވުރެ ގިނައެވެ.

އިޝްތިހާރު full width ad 1200 x 150

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.