
ހީކުރާ ގޮތާއި ކަމުގެ ހަޤީޤަތް (4)
ކަމުގެ ހަޤީޤަތް | ހީކުރާގޮތް |
ޕާޓީ ޕްރޮމޯޓް ކުރުމަށް އެކިމީހުން ލީޑަރ ޝިޕްގައި މަސައްކަތް ކުރުމުން ޕާޓީ ވިހައެވެ. ނުވަތަ ޕާޓީން ޕާޓީ އުފެދެއެވެ. މިހިސާބުން ޕާޓީ ޕާޓީއެއްގެ ގޮތުގައެއް ނޯންނާނެއެވެ. | ޕާޓީތެރެއިން އެމީހަކު ބޭނުން ގޮތަކަށް ޕާޓީ ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރެވިދާނެއެވެ. |
އިޤްތިޞާދީ މާހިރަކަށް ވެރިކަން ދިނުމުން އިޤްތިޞާދު ރަނގަޅު ވާއިރު ސިއްޚީ ހާލަތާއި މެދު އިހްމާލުވެދާނެއެވެ. ޤައުމަކަށް ބޭނުންވަނީ އެކަމެއް އެކަމެއްގެ ހުނަރާއި ފެންވަރު ހުރި ބައެއްލައްވާ ކުރުވަން ދަންނަ ވެރިއެކެވެ. | ޤައުމަކަށް ބޭނުންވަނީ ރަނގަޅު އިޤްތިޞާދީ ވެރިއެކެވެ. |
މެކޭނިޒަމަކީ ވެރިކަން އަތުރާލާ އެކަށައެޅުމެވެ. މިކަން ވުމަށް ރައްޔިތުންގެ މަޖިލީސް ނުހަނު އެކުވެރިވާން ޖެހޭނެއެވެ. ބޭރުން ގެންނަ ”މެކެނޭޒަމަކަށް“ ރާއްޖޭގެ ވެރިކަމެއް ނުކުރެވޭނެއެވެ. | ކޮންމެ މީހަކުވެސް ބުނަނީ ކޮންމެވެސް މެކޭނިޒަމެއް ނުވަތަ ”މެކެނޭޒަމެއް“ ގެންނާށެވެ. ތިބުނާ ”މެކެނޭޒަމެއް“ ވިއްކަން ހުރިތަނެއް ބަލައިގެން ނަމަވެސް އެއެެއް ގެންނެސްގެން ވެރިކަން އިސްލާހު ކުރަންވެއްޖެއެވެ. |
މައުމޫނުގެ ދިމިކްރާތީ ނިޒާމުގައި ގިނަޕާޓީތަކަކަށް ފުރުޞަތެއް ނޯންނާނެއެވެ. | އަދިވެސް މި ކުރެވެނީ ހަމަ މައުމޫނުކުރި ”ދިމިކްރާތީ“ ނިޒާމްގެ ވެެރިކަމެކެވެ. |
ވެރިމީހާ އަށް އެކަށީގެންވާ ވަރުގެ އަދަބެއް ދިނީމާ ފަތިފުށުގެ ކޮރަޕްޝަން ވާހަކަ ހަމްދަރުދީގެ ވާހަކަތަކަކަށް ބަދަލުވެދާނެއެވެ. | ވެރިއެއްގެ ފަތިފުށަކީ ދުވަހަކުވެސް ހުސްވުމެއް ނެތް ވާހަކައެކެވެ. |
ގިނަމީހުން ވީމާ ގިނަ ކަންތައް ކުރެވޭނެއެވެ. ދުވަހަކުވެސް ކުރާނެ ކަންތައް ދުނިޔެ ދެމިއޮތްހާ ދުވަހަކު ހުހެއްނުވާނެއެވެ. ކައުންސިލަރުންނަށް ”ކްލީނިން ޕްރޮގްރާމާއި“ ލާރނިން ޕްރޮގްރާމް“ ރަށުގައި ތިބޭ މުސްކުޅި ވެރިންނަށް ހުއްޓުމެއް ނެތި ހިންގިދާނެއެވެ. | ގިނަ ކައުންސިލަރުން ތަކެއް ތިބީމާ ދެން ކުރާނެ ކަމެއްވެސް ނޯންނާނެއެވެ. |
ވެރިކަން ބީވީމާ އަނެއްކާވެސް ވެރިކަން ހޯދުމަށް އަނިޔާލިބިގަތުމަށްވުރެ ރައްޔިތުންގެ ރުހުން އަވަސްމުއްދަތެއްގައި ފަސޭހަކަމާއި އެކު ލިބޭނެ ގޮތެއްނެތެވެ. ބުއްދިވެރި ވެރިއަކީ އަމިއްލައަށް ޖަލު ހިޔާރުކޮށް އުމުރުން ބައެއްގާ ޖަލުން ނުކުމެވޭތޯ މަސައްކަތް ކުރާ ވެރިމީހާއެވެ. މަންޑޭލާ އަކީ މިކަމުގެ މިސާލެކެވެ. | ވެރިކަން ބީވީމާ އަނެއްކާވެސް ރައްޔިތުންގެ ރުހުން ލިބޭތޯ ބަލައިގެން ވެރިކަމާއި އުޅުމަކީ އެންމެ ބުއްދިވެރި ވެރިން ކަން ކުރާ ގޮތެވެ. |