ކުނި ހެޔޮ ގޮތުގައި ނައްތާލުމާ ގުޅޭ ގޮތުން މިއަށްވުރެ މަތީ ފެންވަރެއްގެ ފޯރަމެއްގައި މަޝްވަރާކުރުން މުހިންމު: ހެލްތު މިނސްޓަރ

ކުނި ހެޔޮ ގޮތުގައި ނައްތާލުމާ ގުޅޭ ގޮތުން މިއަށްވުރެ މަތީ ފެންވަރެއްގެ ފޯރަމެއްގައި މަޝްވަރާކުރުން މުހިންމު ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ފެހި ވާހަކައިގެ ނަމުގައި ފެށި ޚާއްޞަ ހަރަކާތް ފައްޓަވައިދެއްވުމަށް ޝީ ބިލްޑިންގ ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

އެގޮތުން މިކަމަކީ މިއަދު މުޖުތަމަޢަށް ދިމާވެފައިވާ ބޮޑު މައްސަލައަކަށްވާއިރު ކެބިނެޓްގެ ހުރިހާ މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވާފަދަ ފޯރަމެއްގައި މިކަމާ ގުޅޭ ގޮތުން ވާހަކަ ދެކެވެން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ފުއާދު އިބްރާހީމް ވިދާޅުވީ ދެމެހެއްޓެނެވި ގޮތެއްގައި ކުނި ނައްތާލުމުގެ މަސައްކަތްކުރުމަކީ އެ ކުންފުނީގެ އަމާޒު ކަމަށެވެ. އަދި ކުނި ހެޔޮ ގޮތުގައި ނައްތާލުމަށް ކުރާ ކޮންމެ އިންވެސްޓްމެންޓަކީ މުސްތަޤުބަލަށް ކުރާ އިންވެސްޓެއް ކަމަށެވެ.

މީގެ އިތުރުން ކުނީގެ މައްސަލަ މާލޭގައި ކުޑަކުރުމަށް ކުނި އުކާލުމުގެ ޚިދުމަތާއި ކުނި އުފުލުމަށް ޓްރައިސައިކަލްތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ފުއާދު ވިދާޅުވިއެވެ. އަދި ސްކޫލްތަކުން އުކާލާ ކަރުދާސް ރީސައިކަލް ކުރުމާއި ޕްލާސްޓިކް ރީސައިކަލް ކުރުމަށް ކުރެވެމުންދާ މަސައްކަތްވެސް ފުއާދުވަނީ ފާހަގަ ކުރައްވާފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.