ހަނދުމަ(6) ގެ ވަށައިގެން އެދިއިރު ގެޔަށް އެއްވެސް އަސަރެއް ނުކުރީ ކީއްވެ؟
މާތް ﷲ ރުއްސުން ލެއްވި أبو الدرداء ގެފާނު ގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. ކަލޭގެފާނުގެ ގެ އަދާފިއެވެ. أبو الدرداء ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ގެ ނައަދާ ހުއްޓެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އަޑު އެއްސެވި ކަލިމަތަކެއް ތިމަންކަލޭގެފާނު ވިދާޅުވަމެވެ. އިތުރުއެކަލޭގެފާނު ވިދާޅު ވިއެވެ. “ އެކަލިމަތައް ހެދުނު ކިޔާފި ނަމަ ހަވީރު ވަންދެން އެއްވެސް މުޞީބާތެއް ނުފޯރާ ހުއްޓެވެ. އަދި ހަވީރު ކިޔާފި ނަމަ ހެދުނު ވަންދެން އެއްވެސް މުޞީބާތެއް ނުފޯރާ ހުއްޓެވެ. أبو الدرداء ވިދާޅުވިއެވެ. ތިމަންކަލޭގެފާނު މިއަދު އެއްކަލިމަފުޅުތައް ވިދާޅުވީމެވެ. ދެން އެކަލޭގެފާނު ގެކޮޅު ކައިރިއަށް ވަޑައިގެން ބެއްލެއްވި އިރު ގެ ވަށައިގެން ވަނީ އަދާފައެވެ. ނަމަވެސް އެކަލޭގެފާނުގެ ގެކޮޅަކަށް އަލިފާނުގެ އެއްވެސް އަސަރެއް ނުކުރެއެވެ.
ހެދުނު ކިޔާފި ނަމަ ހަވީރު ވަންދެން، އަދި ހަވީރު ކިޔާފި ނަމަ ހެދުނު ވަންދެން އެއްވެސް މުޞީބާތެއް ނުފޯރާނެ ކަމަށް ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ވިދާޅުވީ މިބަސްފުޅެވެ. “ اَللَّهُـمَّ أَنْتَ رَبِّيْ لاَ إِلَـهَ إِلاَّ أَنْتَ، عَلَيْكَ تَوَكَّلْتُ وَأَنْتَ رَبُّ الْعَرْشِ الْعَظِيْمِ، مَا شَاءَ اللَّهُ كَانَ وَمَا لَمْ يَشَأ لَمْ يَكُنْ، لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ الْعَلِيِّ الْعَظِيْمِ أَعْلَمُ أَنَّ اللَّهَ عَلَى كُلِّ شَيْئٍ قَدِيْرٌ، وَأَنَّ اللَّهَ قَدْ أَحَاطَ بِكُلِّ شَيْئٍ عِلْمًا، اَللَّهُمَّ إِنِّيْ أَعُوْذُ بِكَ مِنْ شَرِّ نَفْسِيْ، وَمِنْ شَرِّ كُلِّ دَابَّةٍ أَنْتَ آخِذٌ بِنَاصِيَتِهاَ، إِنَّ رَبِّيْ عَلَى صِرَاطٍ مُسْتَقِيْمٍ “ ( رواه ابن السني ).