ޗަންދިގަރް އާޓް އެންޑް ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމުގެ ބައިވެރިން ޕޮލިސް މިއުޒިއަމްއަށް ޒިޔާރަތްކޮށްފި
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އާއި އިންޑިއާ ގުޅިގެން ކުރިއަށް ގެންދާ ޗަންދިގަރް އާޓް އެންޑް ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމުގެ ބައިވެރިން ޕޮލިސް މިއުޒިއަމްއަށް ޒިޔާރަތްކޮށްފިއެވެ.
މި ބައިވެރިންނަށް އެތަނަށް ޒިޔާރަތް ކުރުމުން ފުލުހުންގެ ޚިދުމަތް އުފެދިގެން އައި ތާރީޚީ ގޮތާއި ފުލުހުންގެ މަސައްކަތްތަކަށް އައިސްފައިވާ ބަދަލުތަކާއި ބެހޭ މަޢުލޫމާތު ވަނީ ޙިއްޞާކޮށްފައެވެ. އަދި ފުލުހުންގެ މަސައްކަތްތަކާއި އެކި ދުވަސްވަރު ފުލުހުން ބޭންކޮށްފައިވާ ޔުނީފޯމްތަކާއި ތަކެތި ދައްކާލައި އެތަކެއްޗާއި ބެހޭ މަޢުލޫމާތުވެސް ޙިއްޞާ ކުރިއެވެ.
މި ބައިވެރިން ޕޮލިސް މިއުޒިއަމްއަށް ކުރި ޒިޔާރަތުގައި ޗަންދިގަރް އާޓް އެންޑް ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމުގެ 5 ބައިވެރިންނާއި ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ ބައެއް ބޭފުޅުން ވަނީ ބައިވެރިވެފައެވެ.