މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ ޤައުމީ ކެމްޕޭނުގެ ފުރަތަމަ ފިޔަވަހި އައްޑޫ ސިޓީގައި ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ ޤައުމީ ކެމްޕޭނުގެ ފުރަތަމަ ފިޔަވަހި އައްޑޫ ސިޓީގައި ކުރިއަށް ގެންގޮސްފިއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ އެހީގައި “ހޭހަން 2016 – 2017” ގެ ނަމުގައި 5 މަސް ދުވަހުގެ މުއްދަތަށް ހިންގާ ޤައުމީ މި ކެމްޕޭނުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ “ޓްރެއިންގ އަ ޓްރެއިނަރ” މި ޕްރޮގްރާމް އައްޑު ސިޓީގައި ކުރިއަށް ގެންގޮސްފައިވަނީ މިމަހު 19 އިން 22 ގެ ނިޔަލަށެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން އިމްޕްލިމެންޓްކޮށް، އައްޑޫ ސިޓީ ކައުންސިލުގެ އެހީތެރިކަމާއެކު އައްޑު ސިޓީ ކައުންސިލް ހޯލްގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ސްވިޑްންގެ ޓްރޭނަރއަކާއި ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތެއްކަމުގައިވާ އިބްރާހީމް މުޙައްމަދުއެވެ.

މީގެ އިތުރުން އެސްޓީއޯގެ ބޯޑް ޑިރެކްޓަރ އައިޝަތު ރަފިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލްއުސްތާޛް ޢަލީ ޙުސައިން އާއި މޯލްޑިވްސް ރެޑް ކްރެސެންޓްގެ ޓްރެއިނަރ އައިމިނަތު އަޒްމާ މުޙައްމަދުވެސް ވަނީ މި ޕްރޮގްރާމްގައި ކިޔަވާދެއްވާފައެވެ.

ޖުމްލަ 15 ބައިވެރިން ތަމްރީނު ކުރި މި ޕްރޮގްރާމްގައި އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ފުލުހުންނާއި ކައުންސެލަރުންނާއި ޓީޗަރުން އަދި ވޮލަންޓިއަރުން ބައިވެރިވި މި ޕްރޮގްރާމްގައި ޑްރަގް ކައުންސެލިންގ، ވޮލަންޓިއަރިންގ، ފަސްޓް އެއިޑް، ސެލްފް ޑިފެންސް، ޤާނޫނާއި ޝަރުޢީ ދާއިރާގެ ބައިތައް ކިޔަވައިދީފައިވެއެވެ.

މި ޕްރޮގްރާމް ނިންމާލުމުގެ ރަސްމިއްޔާތުގައި ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓިފިކެޓް ޙަވާލުކޮށްދެއްވީ އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ސޯދިޤު އެވެ.

މި ޕްރޮގްރާމް މިމަހު 24 އިން 28 އަށް މާލެ ސިޓީގައި ކުރިއަށް ގެންދިޔުމަށްވެސް ވަނީ ހަމަޖެހިފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.