ހަނދުމަ(7)ތިބާ ﷲ އާމެދު ހިކުރަނީ ކިހިނެތް؟
މާތް ﷲ ރުއްސުން ލެއްވި أبو هريرة ގެ އަރިހުން ރިވާ ވެގެން ވެއެވެ.ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ.
“ يَقُوْلُ الله تَبَارَكَ وَتَعَالَى: أنَا عِنْدَ ظَنَّ عَبْدِيْ بِيْ، وَأَنَا مَعَهُ إِذَا ذَكَرَنِيْ، فَإِنْ ذَكَرَنِيْ فِيْ نَفْسِهِ ذَكَرْتُهِ فِيْ نَفْسِيْ، وَإِنْ ذَكَرَنِيْ فِيْ مَلَأٍ ذَكَرْتُهُ فِيْ مَلَأٍ خَيْرٌ مِنْهُمْ، وَإِنْ تَقَرَّبَ إِلَيَّ شِبْرًا تَقَرَّبْتُ إِلَيْهِ ذِرَاعًا، وَإِنْ تَقَرَّبَ إِلَيَّ ذِرَاعًا تَقَرَّبْتُ مِنْهُ بَاعًا، وَإِذًا أَتَانِيْ يَمْشِيْ أَتَيْتُهُ هَرْوَلَةً “ (رواه البخاري ومسلم) މާނައީ:
“ މާތް ﷲ ވަޙީ ކުރެއްވިއެވެ. ތިމަންރަސްކަލާނގެ އާ މެދު އަޅާ ހީ ކުރާ ގޮތެއް ގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ.
އަދި އަޅާ ތިމަންރަސްކަލާނގެ މަތިން ހަނދުމަކޮށްފި ނަމަ، ތިމަންރަސްކަލާނގެ އޭނާ އާއި އެކު ވޮޑިގެންވަމެވެ.
އޭނާ ތިމަންރަސްކަލާނގެ މަތިން ހަނދުމަ ކުރީ، އޭނާގެ އަމިއްލަ ނަފުސުގައި ކަމަށް ވާ ނަމަ، ތިމަންރަސްކަލާނގެ ވެސް ތިމަންރަސްކަލާނގެ ޛާތުފުޅު ގައި އޭނާގެ މަތިން ހަނދުމަ ކުރައްވާ ހުށީމެވެ.
އަދި އޭނާ ތިމަންރަސްކަލާނގެ މަތިން ހަނދުމަ ކުރީ ޖަމާޢަތެއްގައި ނަމަ، އެއަށް ވުރެ ހެޔޮކަން ބޮޑު ބައެއްގެ ތެރޭގައި ތިމަންރަސްކަލާނގެ އޭނާގެ މަތިން ހަނދުމަ ކުރައްވާ ހުށީމެވެ.
އޭނާ ތިމަން ރަސްކަލާނގެ އާއި ކައިވަތަކަށް ކުއްްތަންވި ނަމަ، ތިމަންރަސްކަލާނގެ އޭނާ އާއި މުށެއްގެ މިންވަރަށް ކުއްްތަންވެ ވޮޑިގަންނަވާނަމެވެ. އަދި އޭނާ ތިމަންރަސްކަލާނގެ އާއި މުށަކަށް ކުއްްތަންވި ނަމަ، ތިމަންރަސްކަލާނގެ އޭނާ އާއި ބޮމަކަށް (ދެއަތުގެ ދިގުމިނަށް) ކުއްްތަންވެ ވޮޑިގަންނަވާނަމެވެ.
އަދި އޭނާ ތިމަންރަސްކަލާނގެ އާ ކުއްްތަންްވުމަށް ހިނގާފައި އަންނަނަމަ، ތިމަންރަސްކަލާނގެ އަވަސް ފިޔަވަޅުތަކެއް ގައި އޭނާއާ ކުއްްތަންަވެ ވޮޑިގަންނަވާނަމެވެ. ”