ހުކުރު ދުވަހައް ޙާއްޞަ ”ކުކުޅު ރިހަ“ ވަރަށް ފައްކާ !
ބޭނުންވާ ތަކެތި:
1 ކުކުޅު (ކޮށާފައި، ބައި ސައިސަމުސާ އަސޭމިރުހާއި، ކުޑަ ލޮނުކޮޅެއް ކުކުޅުގައި އުނގުޅާފައި، މަތިޖަހާފައި ބެހެއްޓުން)
2 ފިޔާ (ބޮޑު، ކޮށާފައި)
5 ލޮނުމެދު (ގާނާފައި)
1 އިންޗި އިނގުރު (ގާނާފައި)
1 ސައިސަމުސާ ޓޮމާޓޯ ޕޭސްޓް
1 ސައިސަމުސާ މަސްޓަޑު ކްރީމް
3 ސައިސަމުސާ ހަވާދު (ފުއްލާޖެހި ރީނދޫ ދަޅު)
3 ޗިކަން ކިޔުބް
3 އިންޗި ރާނބާފަތް (4 އެތިކޮޅު)
1 ޕެކެޓު ދިޔާކިރު (ޑަޗްލޭޑީ ނުވަތަ ލެކްނޯ 500 އެމްއެލް)
ބައި ސައިސަމުސާ ދިރި (މުގުރި)
ހިކަނދިފަތް
ލޮނު
އަސޭމިރުސް
ތެޔޮ
ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ ތެޔޮފޮދެއްގައި ފިޔާ މީރުކޮށްލުމަށްފަހު ލޮނުމެދާއި އިނގުރު އޭގެތެރެއަށް އަޅާލާނީއެވެ. އެ އަށް ފަހު ރަނގަޅަށް އެއްކޮށްލާފައި، އެ އިން ދެބައިކުޅަ އެއްބައި ނެގުމަށްފަހު ވަކިން ތަށްޓެއްގައި ބަހައްޓާށެވެ. ދެން ތެލީގައި ހުރި ފިޔާކޮޅުގެ ތެރެއަށް ކުކުޅުކޮޅު އަޅާލާފައި ރަނގަޅަށް އެއްކޮށްލާނީއެވެ. އެއަށްފަހު އޭގައި މަތިޖަހާފައި އުނދުން މަޑުކޮށްފައި ބަހަށްޓާނީއެވެ.
ފުލުގައި ހިފިޔަ ނުދީ ކުޑަކޮށް ދޭފަތުން ހަލުވަންވާނެއެވެ. އެގޮތަށް ގޮސް ފެންތައް ކެކި ހުސްވުމުން ހަވާދާއި، މަސްޓަޑު ކިރިމާއި، ޓޮމާޓޯ ޕޭސްޓު އޭގެތެރެއަށް އަޅާލާފައި ރަނގަޅަށް އެއްކޮށްލާނީއެވެ. ދެން އޭގެތެރެއަށް ކުޑަ ފެންފޮދެއް އަޅާފައި، 1 ޖޯޑު ދިޔާކިރު އެޅާނީއެވެ. ދެން ވަކިން ބެހެއްޓި ފިޔާކޮޅުގެ ތެރެއަށް، 1 ޖޯޑު ދިޔާކިރު، ހިކަނދިފަތް، ދިރި، އަސޭމިރުސްކޮޅެއް އަޅާފައި ތެއްޔަށް އޮއްސާލާނީއެވެ.
ރިހަ އިތުރަށް ކުޅނިކުރަން ބޭނުންނަމަ އެއަށް ގިތެޔޮމިރުން ވެއް އެއްކޮށްލެވިދާނެއެވެ.