ޕާކިސްތާނާއި ސަޢުދީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފި
ޕާކިސްތާނާއި ސަޢުދީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާކޮށްފައިވަނީ ސަޢުދީ ރަސްގެފާނު، ކިންގ ސަލްމާން ބިން ޢަބްދުލްއަޒީޒް، ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހިދު ޚަޤާން އައްބާސީ އާއެކު އިއްޔެ ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
ސައުދީ ޝާހީ ގަނޑުވަރުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން ބަދަހި ކުރުމާއި ގުޅިގެން ކުރެވިދާނެ ކަންކަމާއިމެދު ވަނީ މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ސައުދީ އިންޓީރިއަރ މިނިސްޓަރ ޕްރިންސް ޢަބްދުލްއަޒީޒް ބިން ސައުދު، ސްޓޭޓް މިނިސްޓަރު ޑރ. މުސައިދު އަލް އައިބަން، ފޮރިން މިނިސްޓަރު އަދެލް އަލް ޖުބައިރު އަދި ސައުދީއަށް ޕާކިސްތާނުން ކަނޑައަޅާފައި ހުންނަވާ ސަފީރު ނަވާފް އަލް މާލިކީ ބައިވެރިވެވަޑައިގެންނެވިކަމަށް މާސްމީޑިއާ ރިޕޯޓުތައް ބުނެއެވެ.