ފީފާ ވޯލްޑްކަޕް 2018: އައިސްލޭންޑް ބަލިކޮށް ނައިޖީރިއާ ދެވަނަ ބުރުގެ އުއްމީދު އާކޮށްފި

އައިސްލޭންޑް ބަލިކޮށް ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ދިޔުމުގެ އުއްމީދު ނައިޖީރިޔާ އިން ބޮޑުކޮށްފިއެވެ.

މިރޭ ކުޅުނު މި މެޗުން ނައިޖީރިއާ އައިސްލޭންޑްގެ މައްޗަށް ކުރިހޯދީ 0-2 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިރޭގެ މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި އައިސްލޭންޑް ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމުންކުރެ ޓީމަކަށް މި ހާފުގައި ވަނީ ތަނަވަސްކުރެވޭ ގޮތް ނުވެފައެވެ.

ނަމަވެސް ދެވަނަ ހާފްގައި ނައިޖީރިއާއިން ކުޅުން ރަނގަޅުކޮށް އެޓީމުން ވަނީ އައިސްލޭންޑުގެ ގޯލަށް ނުރައްކާކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުން ވަނީ ލަނޑެއް ޖަހާލީޑުނަގާފައެވެ. މޯސެސް ދިން ޕާހަކުން މި ލަނޑު ނައިޖީރިއާ އަށް ކާމިޔާބުކޮށްދިނީ މުހައްމަދު މޫސާ އެވެ.

މެޗުގެ 75 ވަނަ މިނެޓްގައި މޫސާ ވަނީ ނައިޖީރިޔާ ޓީމުގެ ދެވަނަ ގޯލެއްވެސް ކާމިޔާބުކޮށްދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ އައިސްލޭންޑުގެ ކީޕަރު ކައިރިން ވެސް ނައްޓާލުމަށްފަހު ގޯލްގެތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

ނަތީޖާގެ ފަރަގު ކުޑަކޮށްލަން މެޗުގެ 82 ވަނަ މިނެޓްގައި އައިސްލޭންޑަށް ޕެނަލްޓީއެއް ލިބިގެންގޮސްފައެވެ. އެހެން ނަމަވެސް އެޓީމުގެ މިޑްފީލްޑަރު ސިގަޑްސަން ފޮނުވާލި އެ ޕެނަލްޓީ ދިޔައީ ގޯލުގެ ދަނޑިމަތިން ބޭރަށެވެ. މިއީ މި ހާފުގައި ގޯލެއް ކާމިޔާބުކުރަން އައިސްލޭންޑަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ވެސް މެއެވެ.

މިރޭގެ މޮޅާއެކު ނައިޖީރިޔާ އޮތީ މިހާތަނަށް ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގްރޫޕް ޑީގެ ދެވަނައިގައެވެ. ތިންވަނައިގައި އެއް ޕޮއިންޓާއެކު އައިސްލޭންޑް އޮތްއިރު ގްރޫޕްގެ ފުލުގައި އޮތް އާޖެންޓީނާ އަށް ވެސް ލިބިފައިވަނީ އެއް ޕޮއިންޓެވެ. މި ގްރޫޕްގެ އެއްވަނައިގައި އޮތް ކްރޮއޭޝިއާ އަށް ހަ ޕޮއިންޓު ލިބިފައިވާއިރު އެޓީމު ވަނީ މުބާރާތުގެ ދެވަނަ ބުރުން ޖާގައެއް ހޯދާފައެވެ.

މިރޭގެ މެޗުން ނައިޖީރިޔާ މޮޅުވުމުން ގްރޫޕްގެ ފަހު މެޗު އެއްވަރުކޮށްލައިގެން ވެސް އެޓީމަށް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު މިހާރު އެބައޮތެވެ. ގްރޫޕްގެ ފަހު މެޗުގައި ނައިޖީރިޔާ ނިކުންނާނީ އާޖެންޓީނާއާ ދެކޮޅަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.