
ފީފާ ވޯލްޑްކަޕް 2018: މެކްސިކޯ – ދެކުނު ކޮރެއާ
ގްރޫޕް އެފްގައި މިރޭ މްކެސިކޯ އަދި ދެކުނު ކޮރެއާ ބައްދަލުކުރާއިރު މި މަޗެކީވެސް ދެޓީމަށްވެސް ދެވަނަ ބުރަށް ދިއުމަށްޓަކައި ވަރަށް މުހިންމު މެޗެކެވެ. ގްރޫޕުގެ ފުރަތަމަ މެޗުގައި ދުނިޔޭގެ ޗެމްޕިއަން ޖަރުމަނާއި ދެކޮޅަށް ކުޅުނު މެޗު 0-1 ގެ ނަތީޖާއިން މެކްސިކޯ ކާމިޔާބުކޮށ ދެވަނަ ބުރަށް ދިއުމަށް މަގުފަހި ކުރިއިރު، ކޮރެއާ ވަނީ ސްވިޑަން އަތުން 0-1 އިން ބަލިވެފައެވެ. އެހެން ކަމުން މިއަދުގެ މެޗުން މޮޅުވެގެން މެކްސިކޯއަށް މުބާރާތުގެ ދެވަނަ ބުރު ޔަގީންވާއިރު، ކޮރެއާ މިއަދުގެ މެޗުން ބަލިވެއްޖެނަމަ މުބާރާތުން އަލްވަދާއުކިޔަން ޖެހޭނެއެވެ.
ސައުތްކޮރެއާ
ސައުތްކޮރެއާ މިރޭ ގްރޫޕްގެ ދެވަނަ މެޗުގައި މެކްސިކޯއާ ދެކޮޅަށް ނިކުންނައިރު އެޓީމުގައި އަަނިޔާގެ މައްސަލައެއްނެތެވެ. އެހެން ނަމަވެސް ކުރީމެޗާއި ޚިލާފަށް ކޮރެއާއިން މިރޭ މެކްސިކޯއާ ދެކޮޅަށް ކުޅޭނީ 4-3-3 ފޯމޭޝަންށެވެ. ޚަބަރުތަށް ބުނާގޮތުން އެޓީމުން މިރޭގެ މެޗުގައި އެނެމް ބޮޑު އިސްކަމެއް ދޭނީ މެކްސިކޯއިން ޖަރުމަނާއި ދެކޮޅަށް ކުޅުނު އިރު ބޭނުންކުރި ކައުންޓަރއެޓޭކް ގޭމް ހުއްޓުވުމަށެވެ.
މެކްސިކޯއާ ދެކޮޅަށް ކޮރެއާ ޓީމުން ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން
ގޯލްކީޕަރު ހިޔުންވޫ-ޗޯ ، ހިޔުންސޯ-ޖޭން، ކިމްޔަން-ގޯން، ލީ ޔަންގް، ޕާކް ޖޯހޫ، ކިމް ޝިން-ވޫކް، ކޫޖާ-ކިއޫލް، ލީ ސިއުން-ވޫ، ސޮން ހިއުން-މިން، ހުވަންގް ހީ-ޗަން، ކީ ސުން-ޔެން.
މެކްސިކޯ
މެކްސިކޯމިރޭ ގްރޫޕް ސްޓޭޖް ދެވަނަ މެޗަށް ނިކުންނައިރު، އެޓީމުން ގަބޫލް ކުރާ ގޮތުގައި މިރޭ ކޮރެއާއާ ދެކޮޅަށް ކުޅޭމެޗުން މޮޅުވަން ފަސޭހަވާނެއެވެ. ޖަރުމަނަށްވުރެ ކޮރެއާ ޓީމުއަތުން މޮޅުވުން ފަސޭހަވާނެ ކަމަށް ބުނެ ވާހަކަދަމުން މެކްސިކޯގެ ކޯޗު ބުނީ ޖަރުމަނަކީ ވޯލްޑް ޗެމްޕިއަން ކަމަށާއި އެޓީމާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވިނަމަވެސް އެއީ ވަރަށް އުނދަގު މޮޅެއްކަމަށެވެ. ނަމަވެސް މިރޭގެ މެޗު އެއައްވުރެ ފަސޭހަވާނެ ކަމަށް އޭނާ ބުންޏެވެ.
މިރޭގެ މެޗުގައި ކުރީ މެޗާއި ޚިލާފަށް ބަދަލުތަކެއް ފެންނާނެ ކަމަށް ބެލެވެއެވެ. އެގޮތުން ޖަރުމަނު މެޗުގައި ލެފްޓް ބެކަށް ކުޅުނު ޖީސަސް ގަލާޑޯގެ ބަދަލު އެ މަގާމަށް މިރޭ ކުޅޭނެ ކަމަށް ބެލެވެނީ މިގޭލް ލަޔުންއެވެ. އަދި މިރޭގެ މެޗުގައި މެދުތެރެއަށް ކުޅޭނީ ޑޮސް ސަންޓޮސްއެވެ. އަދި މިރޭ ގެ ފުރަތަމަ އެގާރައިން ހެނާންޑޭޒް އަދި ކާލޮސް ވެލާގެ ބަދަލު ކުރިޔަށް ކުޅޭ ކުޅޫންތެރިންގެ ގޮތުގައި ފެނިގެންދާނީ މެނުއެލް ކޮރޯނާ އަދި ރައުލް ޖިމެނޭޒް އެވެ.
ކޮރެއާ އާ ދެކޮޅަށް މިރޭގެ މެޗުގައި މެކްސިކޯއިން ނެރޭނެ ފުރަތަމަ 11 ކުޅުންތެރިން
ގޯލް ކީޕަރު އޮޗޯ، ސަލްސީޑޯ، އަޔާލާ، މޮރެނޯ، ލަޔުން، ޑޮ ސަންޓޮސް، ހެރޭރާ، ގުއަޑާޑޯ، މެނުއަލް ކޮރޯނާ، ޖިމެނޭޒް، ލޮޒާނޯ.
ކޮރެއާ އަދި މެކްސިކޯގެ ބައްދަލުވުންތަށް
ކޮރެއާ އަދި މެކްސިކޯ މީގެ ކުރިން 11 ފަހަރެއްގެ މަތިން ވަނީ ބައްދަލުކޮށްފައެވެ. އެހެން ނަމަވެސް ވޯލްޑް ކަޕެއްގައި ބައްދަލުކޮށްފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވުނު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައެވެ. 1-3 ގެ ނަތީޖާއިން މޮޅުވެފައިވަނީ މެކްސިކޯއެވެ. އެނެމް ފަހުން މި ދެޓީމު ބައްދަލުކޮށްފައިވަނީ 2014 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައެވެ. އެ މެޗު 0-4 ގެ ނަތީޖާއިން ކާމިޔާބުކޮށްފައިވަނީ މެކްސިކޯއެވެ. މިރޭގެ މެޗަކީ ވޯލްޑްކަޕުގައި މި ދެޓީމު ބައްދަލުކުރާ ދެވަނަމެޗެވެ.