ރޮނާލްޑޯއާ މެދު އިތުބާރު އެބައޮތް: ސަންޓޯސް

 

މިރޭގެ މެޗަށް ރޮނާލްޑޯ ހުރީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށާއި، ރޮނާލްޑޯއާ މެދު އިތުބާރު އެބައޮތް ކަމަށް އެޓީމުގެ ކޯޗް، ފެނާންޑޯ ސަންޓޯސް ބުނެފި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިހާރު ރަޝިޢަގައި ކުރިޔަށް ދާ ފީފާ ވޯލްޑްކަޕްގައި، މިރޭ، އީރާންއާ ދެކޮަޅަށް ކުޅޭ މެޗަށް ނިކުތުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ސަންޓޯސް ބުނީ މިރޭގެ މެޗަށް ރޮނާލްޑޯ ހުރީ ވަރަށް ރަނގަޅަށް ތައްޔާރުވެފައިކަމަށާއި އޭނާއާ މެދު ފުލް އިތުބާރު އެބައޮތްކަމަށެވެ.

އިތުރަށް ވާހަކަދައްކަމުން ސަންޓޯސް ބުނީ ރޮނާލްޑޯގެ އިތުރުން ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ.

“ މިރޭގެ މެޗަކީވެސް ވަރަށް މުހިންމު މެޗެއް. ދެވަނަ ބުރު ޔަގީން ކުރެވޭނީ މިރޭގެ މެޗުން މޮޅުވެވިގެން. އެހެން ކަމުން އެކަމަށް ވަރަށް ވިސްނަންޖެހޭ. ޓޯމު އޮތީ މިރޭގެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވެފަ. ސަންޓޯސް ބުންޏެވެ.

މިރޭގެ މެޗަށް ނިކުންނައިރު ރޮނާލްޑޯ ހުރީ ވަރަށް ރަނގަޅު ފޯމެއްގައެވެ. އެގޮތުން ގްރޫޕް ސްޓޭޖުގައި އެންމެ ފަހުން ކުޅުނު ދެމެޗުގައި ވެސް އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކާ 4 ގޯލް ކާމިޔާބުކޮށްފައެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގެ ކުޅުން މިރޭ ފެށޭއިރު، ކޮންމެ ގްރޫޕަކުންވެސް ކުޅެންޖެހޭ ދެމެޗުވެސް ކުޅޭނީ އެއްވަގުތަކުއެވެ. އެގޮތުން މިރޭ ރާއްޖޭ ގަޑިން 11 ޖަހާއިރު ޕޯޗުގަލް އަދި އީރާން މެޗުގެ އިތުރުން ސްޕެއިން އަދި މޮރޮކޯ ބައްދަލުކުރާ މެޗު ކުޅެވޭނެއެވެ.

މިރޭ ޕޯޗުގަލް އީރާނާ ދެކޮޅަށް ކުޅޭ މެޗުން ބަލިވެއްޖެނަމަ އެޓީމަށް ދެވަނަ ބުރުގެ ފުރުސަތު ގެއްލުން އެކަށީގެންވެއެވެ. އީރާން މިރޭގެ މެޗުން ޕޯޗުގަލް އަތުން މޮޅުވެއްޖެނަމަ އެޓީމަށް ދެވަނަ ބުރު ޔަގީންވާނެއެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.