
ވޯލްޑްކަޕް 2018: އުރުގުއޭ – ރަޝިއާ
ގުރޫޕް އޭގެ ފަހު މެޗަށް މިރޭ އުރުގުއޭ އާއި ރަޝިއާ ނުކުންނައިރު، މި ދެ ޓީމުން ވެސް ވަނީ ފުރަތަމަ ކުޅުނު ދެ މެޗުން މޮޅުވެ، ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. އެހެން ނަމަވެސް ގްރޫޕް އޭގެ އެއްވަނަ އަދި ދެވަނަ ކަނޑައަލާނީ މި މެޗުންނެވެ.
ރަޝިއާ އެޓީމު ކުޅުނު ފުތަމަ ދެމެޗު ތަފާތު ބޮޑުންކޮށް މޮޅުވެފައިވާއިރު، އެ ދެ މެޗުގައި ޖެހި ހަތް ގޯލާއެކު ރަޝިއާ މި ވަގުތު އޮތީ އެޓީމު ހިމެނޭ ގްރޫޕް އޭގެ އެއްވަނައިގަ އެވެ. އެ ޓީމުން ވަނީ މުބާރާތުގައި ކުޅުނު ދެމެޗުގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. ގްރޫޕް ސްޓޭޖުގައި އުރުގުއޭއާ ދެކޮޅަށް މިރޭ ކުޅޭ މެޗުން އެއްވަރުވިނަމަވެސް ރަޝިއާއަށް ގްރޫޕްގެ އެއްވަނަ ލ؛ިބޭނެއެވެ.
މިރޭ ރަޝިއާ އަދި އުރުގުއޭ ބައްދަލުކުރާއިރު ދެޓީމުގައިވެސް އަނިޔާގެ މައްސަލަ ކޮންމެވެސް ވަރަކަށް އެބައުޅެއެވެ. އެގޮތުން ރަޝިއާގެ ތަޖުރިބާކާރު މިޑްފީލްޑަރު އެލަން ޒަގޮއޭފް އަށް ފުރަތަމަ މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން އޭނާ މިރޭގެ މެޗުގައި ވެސް ނުފެންނާނެ އެވެ. ހަމަ އެގޮތަށް މިރޭގެ މެޗަށް އުރުގުއޭ ނުކުންނައިރު، އެ ޓީމުގެ ޑިފެންޑަރ ހޯސޭ ޖިމެނޭޒް އަށް ވެސް އަނިިޔާގެ ސަބަބަުން ނުކުޅެވޭނެ އެވެ.
އުރުގުއޭ އަދި ރަޝިއާ މިރޭގެ މެޗަށް ނިކުންނައިރު މި ދެޓީމު މީގެކުރިން ވާދަވެރި މުބާރާތެއްގައި ބައްދަލުކޮށްފައެއް ނުވެއެވެ. މިއީ މިފަދަ މުބާރާތެއްގައި މި ދެޓީމު ބައްދަލުކުރާ ފުރަތަމަ މެޗެވެ. އެހެން ނަމަވެސް އެކުވެރިކަމުގެ މެޗެއްގައި މި ދެޓީމުވަނީ 2012 ވަނަ އަހަރު ބައްދަލުކޮށްފައެވެ. އެމެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.