ވޯލްޑްކަޕް 2018: ފްރާންސްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުކޮށް ޑެންމާކް ދެވަނަ ބުރުން ފުރުޞަތު ހޯދައިފި

މިހާރު ރަޝިޔާގައި ކުރިޔަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ފްރާންސް އާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުކޮށް މުބާރާތުގެ ދެވަނަ ބުރަށް ޑެންމާކް ދަތުރުކޮށްފިއެވެ.

ގްރޫޕް ސީގައި ހިމެނޭ ފްރާންސް އަދި ޑެންމާކް ބައްދަލުކުރި މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޑެންމާކާ ދެކޮޅަށް މިރޭ ފްރާންސް އިން މި މެޗަށް ނިކުތީ ގިނަ ބަދަލުތަކަކާއެކުއެވެ. އެގޮތުން އާއްމުކޮށް ފްރާންސްގެ ފުރަތަމަ އެގާރައިން ޖާގަ ހޯދާ ކުޅުންތެރިން ކަމަށްވާ ޕޯލް ޕޮގްބާ އާއި ކިލިއަން އެމްބާޕޭ އާއި ސެމިއުލް އުމްޓިޓީ އަދި ގޯލްކީޕަރު ހޫގޯ ލޮރިސް މި މެޗުގައި ކުޅެފައެއް ނުވެއެވެ.

މި މެޗަށް ނިކުތްއިރު ވެސް ދެވަނަ ބުރުގެ ޖާގައެއް ފްރާންސް އަށް ކަށަވަރުވެފައި އޮތްއިރު ދެ ޓީމުގެ ފަރާތުން ވެސް މި މެޗުގައި ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ގޯލްޖަހާނެ މާ ގިނަ ފުރުސަތުތަކެއް ދެ ޓީމުންކުރެ ޓީމަކަށް މި މެޗުގައި ތަނަވަސްކުރެވިފައިނުވެއެވެ.

މި ގްރޫޕުގައި ދެން ބައްދަލުކުރި އޮސްޓްރޭލިއާ އަދި ޕެރޫ މެޗު ނިމިގެންދިޔައީ 0-2 ގެ ނަތީޖައިން ޕެރޫ މޮޅުވެގެންނެވެ. އެހެން ނަމަވެސް ޕެރޫއަކަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތެއް ނެތެވެ.

ގްރޫޕް ސީގެ ހުރިހާ މެޗެއް ކުޅެ ނިމިފައިވާއިރު މި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ ފްރާންސްއެވެ. އެޓީމަށް ވަނީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓު ލިބިފައެވެ. ދެވަނަ ހޯދި ޑެންމާކަށް ފަސް ޕޮއިންޓު ލިބިފައިވާއިރު ގްރޫޕްގެ ތިންވަނަ ހޯދި ޕެރޫ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. މި ގްރޫޕްގެ ފުލަށް ދިޔަ އޮސްޓްރޭލިޔާ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.