ވޯލްޑްކަޕް 2018: “ މިރޭގެ މަޗަކީ ފައިނަލެއް “ ސަމްޕައޯލީ

އާޖެންޓީނާ އިން މިރޭ ފްރާންސްއާ ދެކޮޅަށް ކުޅޭ މެޗަކީ ފައިނަލެއް ކަމަށް އެޓީމުގެ ކޯޗު ޖޯޖް ސަމްޕައޯލީ ބުނެފިއެވެ.

ގަދަ 16 ގައި މިރޭ ފްރާންސްއާ ދެކޮޅަށް އާޖެންޓީނާ ނިކުންނައިރު މުބާރާތުގެ ކުއާޓަރ ފައިނަލަށް ދެވެން އޮތީ މިރޭގެ މެޗުން މޮޅުވެގެންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މޮޅުވުން މަޖުބޫރު މެޗަކަށް އާޖެންޓީނާ މިރޭ ނިކުންނައިރު މި މުބާރާތުގައި އެޓީމަށް އަދި ދެއްކިފައިވަނީ މާ އެދެވޭ ކުޅުމެއްނޫނެވެ.  އެގޮތުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އައިސްލޭންޑާއި ބައްދަލުކޮށް 1-1 އިން އާޖެންޓީނާ އެއްވަރުވިއިރު ދެވަނަ މެޗުގައި ކްރޮއޭޝިޔާއާ ބައްދަލުކޮށް އެޓީމު ވަނީ 0-3 އިން ބަލިވެފައެވެ. އެ ޓީމަށް މޮޅެއް ހޯދިފައިވަނީ ނައިޖީރިއާ އަތުންއެކަންޏެވެ.

މިރޭގެ މެޗުގެކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ސަމްޕައޯލީ ބުނީ މުބާރާތުގެ ކުއާޓާ ލައިނަލަށް  ދިޔުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ދެ ޓީމުން ވެސް މިރޭ ކުރާނެ ކަމަށާއި މިއީ މިރޭގެ މެޗު ޝައުގުވެރިވާ އެއް ސަބަބު ކަމަށެވެ. އަދި މުބާރާތުގައި ދެން ބާކީ އޮތް ކޮންމެ މެޗަކީ ވެސް ކޮންމެ ޓީމަކަށްވެސް ފައިނަލެއް ކަމަށްވެސް ސަމްޕައޯލީ ބުންޏެވެ.

“ ކުއާޓާއިން ޖާގައެއް ހޯދުމަށް މިރޭގެ މެޗުން މޮޅުވާންޖެހޭ. މިރޭގެ މެޗުން މޮޅުވުމަށް ކުރެވެން އޮތް ހުރިހާ ކަމެއް އަހަރުމެން މިރޭ ކުރަންޖެހޭނެ. މުބާރާތުގެ ފައިނަލާއި ހަމަޔަށް އޮތް ކޮންމެ މެޗަކީ ވެސް އާޖެންޓީނާ އަށް މިހާރު ފައިނަލެއް. މިރޭ އަހަރުމެން މި ކުޅެނީ އޭގެތެރެއިން އެއް ފައިނަލް. އާޖެންޓީނާގެ އެންމެ ރަނގަޅު ކުޅުން މިރޭ ފެންނާނެ ކަމާމެދު އަހަރެން ޝައްކެއް ނުކުރަން“ ސަމްޕައޯލީ ބުންޏެވެ.

މިރޭގެ މެޗުން އޮތީ މޮޅުވުމެވެ. މިރޭގެ މެޗުގައި ކޮންމެ ގޮތެއްވިޔަސް ނަތީޖާ ނެރޭނެއެވެ. މުބާރާތުގެ ކުއާޓާ ފައިނަލަށް ދިޔުމުގެ ފުރުސަތު ދެޓީމަށްވެސް އޮތްއިރު، މިރޭގެ މެޗުން މޮޅުވުމަކީ ކޮންމެ ޓީމަކުންވެސް ބޭނުންވާނޭ ގޮތެވެ. މިރޭގެ މެޗާއި ބެހޭގޮތުން ފްރާންސްގެ ކޯޗް ޑިޝޯމްޕް ބުނީ ފްރާންސްވެސް މިރޭގެ މެޗަށް ކުރިމަތިލަނީ މޮޅުވާން ކަމަށާއި އެކަން ކުރާނެކަމަށެވެ. އެހެން ނަމަވެސް އާޖެންތީނާއަކީ ވަރުގަދަ ޓީމެއްކަމަށްވުމުން އެކަން ކުރަން އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށްވެސް ޑިޝޯމްޕް ބުންޏެވެ.

”އަހަރުމެން މިރޭ މި ނިކުންނަނީ މޮޅުވާން. މިރޭގެ މެޗަކީ އަކީ ފްރާންސްއަށް ކިހާ މުހިއްމު އެއްޗެއްކަން އަހަރުމެންނަށް އިނގޭ. ހުރިހާ ކުޅުންތެރިން ވެސް ތިބީ މި މެޗުން މޮޅުވުމުގެ އުއްމީދުގަ“  ޑިޝޯމްޕް ބުންޏެވެ.

އާޖެންޓީނާ އާއި ފްރާންސް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 19:00 ގައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.