ވޯލްޑްކަޕް 2018: ފްރާންސްއަތުން ބަލިވެ އާޖެންޓީނާ މުބާރާތުން ކަޓައިފި

ފްރާންސް އަތުން ބަލިވެ ވޯލްޑް ކަޕުން އާޖެންޓީނާ ކަޓައިފިއެވެ.

އާޖެންޓީނާ މުބާރާތުން ކެޓީ ފްރާންސްއާ ދެކޮޅަށް ކުޅުނު މެޗުން 3-4 ގެ ނަތީޖާއިން ބަލިވެގެންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ބަލާހިއްވާ ކަހަލަ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ގޯލު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށް ލީޑު ނެގީ ފްރާންސް އިންނެވެ. ފްރާންސް އަށް ލިބުނު މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރިޒްމަންއެވެ. މި ޕެނަލްޓީ ފްރާންސް އަށް ލިބުނީ އެމްބާޕޭ އަށް އާޖެންޓީނާގެ ޑިފެންޑަރު ރޯހޯ ކުރި ފައުލަކާ ގުޅިގެންނެވެ.

މި ގޯލަށްފަހު ވެސް ކައުންޓަ އެޓޭކުތަކުގައި ފްރާންސް އިން ދިޔައީ އާޖެންޓީނާގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް މެޗުގެ 41 ވަނަ މިނެޓްގައި އެންހެލް ޑިމަރިޔާގެ ގޯލުން އާޖެންޓީނާ ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ފްރާންސްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު އާޖެންޓީނާ އިން ވަނީ ލީޑު ނަގާފައެވެ. މި ގޯލު އާޖެންޓީނާ އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ގެބްރިއަލް މަކާޑޯއެވެ. ނަމަވެސް އާޖެންޓީނާ އަށް ލީޑު ހިފަހައްޓާލެވުނީ އެންމެ ނުވަ މިނެޓަށެވެ. އެގޮތުން މެޗުގެ 57 ވަނަ މިނެޓްގައި ބެންޖަމިން ޕަވަޑް ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ފްރާންސް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ޕަވަޑް މި ގޯލު ކާމިޔާބުކުރީ އާޖެންޓީނާގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

އަދި މެޗުގެ 64 ވަނަ މިނެޓްގައި މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އެމްބާޕޭ ފްރާންސް އަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިންއިރު އޭގެ ހަތަރު މިނެޓްފަހުން އޭނާ ވަނީ ފްރާންސްގެ ހަތަރުވަނަ ގޯލު ވެސް ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްފައެވެ.

އާޖެންޓީނާއިން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 90 މިނެޓު ހަމަވެގެން ދެއްކި އިތުރު 4 މިނެޓުގެތެރޭގައި ކުން އަގުއޭރޯއެވެ.

މި ނަތީޖާއާއެކު ފްރާންސްއަށް ކުއާޓާ ފައިނަލް ކަށަވަރުވިއިރު، އެޓީމު ކުއާޓާގައި ބައްދަލުކުރަން ޖެހޭނީ މިރޭ ޕޯޗުގަލް އަދި އުރުގުއޭ ބައްދަލުކުރާ މެޗުން މޮޅުވާޓީމަކާއެވެ.

މި މުބާރާތުގެ ގަދަ 16 ގެ ދެވަނަ މެޗުގައި މިރޭ ޕޯޗުގަލް އަދި އުރުގުއޭ ބައްދަލުކުރާއިރު، މި މެޗު ފެށޭނީ ރާއްޖޭގަޑިން މިރޭ 11:00 ގައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.