ވޯލްޑްކަޕް 2018: ސްޕެއިން އަދި ރަޝިޔާގެ ކުރިމަތިލުން

މިހާރު ރަޝިޔާގައި ކުރިޔަށްދާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ، ފީފާ ވޯލްޑްކަޕްގެ ތިންވަނަ ގަދަ ހިފުމަށް މިރޭ ގިނަ ތަރިންގެ މައްޗަށް އެކުލެވިގެންވާ ޔޫރަޕުގެ ވަރުގަދަ ބާރެއްކަމުގައިވާ ސްޕެއިން އަދި މުބާރާތް ބާއްވާ ގައުމު ރަޝިއާ ނިކުންނާނެއެވެ. ރަޝިއާ އަދި ސްޕެއިން މިރޭގެ ގަދަ ހިފުމަށް ނިކުންނައިރު ރޭ ވެސް ވަނީ މި މުބާރާތުގެ ގަދަ ހިފުމުގެ ދެމެޗެއް ކުޅެވިފައެވެ. ފުރަތަމަ މެޗުގައި މެސީގެ އާޖެންޓީނާ އަދި ފްރާންސް ބައްދަލުކުރިއިރު، މި މެޗުން 3-4 ގެ ނަތީޖާއިން ބަލިވެ މެސީގެ އާޖެންޓީނާ ވަނީ މުބާރާތުން އަލްވަދާއު ކިޔާ އެނބުރި ގައުމަށް ދާންެޖެހިފައެވެ. އަދި ހަމަ އެގޮތަށް ރޮނާލްޑޯގެ ޕޯޗުގަލް ސުއަރޭޒްގެ އުރުގުއޭ އާ ވާދަކޮށް 1-2 އިން ބަލިވެ މުބާރާތާ ވަކިވެ އެނބުރި ގައުމަށް ދާން ވަނީ ޖެހިފައެވެ. އެހެން ކަމުން މި ފަހަރުގެ މުބާރާތުގައި ފޭވަރިޓުންގެ ގޮތުގައި ބެލެވުނު ވަރުގަދަ ދެ ބާރު މުބާރާތުން ވަކިވެގެން ދިއުމަކީ މުބާރާތުގެ ފޯރި ވަރަށް ބޮޑުތަން ކުޑަވެގެންދާނެ ކަމެއްކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

ދުނިޔޭގެ ގިނަބައެއްގެ ހިއްތަށް އަތުލާފައިވާ ލިއޮނެލް މެސީ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ ރޭގެ މެޗުތަކުން ބަލިވެ މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައިވާއިރު، މި ތަރިންގެ ދައުރެއް ދެން މި މުބާރާތަކުން ނުފެންނާނެއެވެ. އެހެން ކަމުން މިއީ އެ ދެ ތަރިންގެ ސަޕޯޓަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްދަތިކަމެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ގަދަ 16 ގެ ތިންވަނަ މެޗަށް މިރޭ ވަރުގަދަ ސްޕެއިންއާއި ރަޝިއާ ކުރިމަތިލާއިރު މި ދެޓީމުންވެސް މޮޅެއް ހޯދާ މުބާރާތުގައި ދެމި އޮންނަން ހަމަޔަގީނުންވެސް ބޭނުންވާނެއެވެ. އާޖެންޓީނާ އަދި ޕޯޗުގަލް ފަދައިން މުބާރާތާ ވަކިވެގެންދާކަށް ހަމަޔަގީނުންވެސް ބޭނުމެއް ނުވާނެއެވެ. އެގޮތުން މިރޭގެ މެޗުން މޮޅުވުމަށް ދެޓީމުވެސް ކުރެވެން އޮތްހާ މަސައްކަތެއް ކުރާނެއެވެ.

މިރޭގެ ގަދަ 16 ގެ މެޗަށް ސްޕެއިން އަދި ރަޝިޔާ ނިކުންނައިރު، މީގެތެރެއިން ރަޝިއާ ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު 3 މެޗުގެ ތެރެއިން 2 މެޗުން މޮޅުވެ އެއްމެޗުން ބަލިވެގެން ޖުމްލަ 6 ޕޮއިންޓާއެކު ގްރޫޕުގެ ދެވަ ޓީމުގެ ގޮތުގައެވެ.  ސްޕެއިން ދެވަނަ ބުރަށް ދަތުރުކުރީ ކުޅުނު 3 މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ ދެމެޗުން އެއްވަރުވެގެން 5 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ގްރޫޕް ސްޓޭޖުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުމެފައިވީ ނަމަވެސް ދެ ޓީމުވެސް މިރޭ ނިކުންނާނީ ގަދަ 16 ގެ ގަދަފަދަ ހިފުމަށެވެ. އެހެން ކަމުން މިރޭގެ މެޗުން މޮޅުވެގެން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކުރުމަކީ ދެޓީމުންވެސް ދެކޭނެ ހުވަފެނެކެވެ. މިރޭގެ މެޗަށް ނިކުންނައިރު، ސްޕެއިންގެ ޓީމުގައި އަނިޔާގެ މަސަލައެއް ނެތަސް ޓީމުގެ ފުރަތަމަ 11 އަށް ބަދަލުތަކެއް ގެންނާނެކަމަށް ބެލެވެއެވެ. އެގޮތުން މިޑްފީލްޑަރަކަށް ކުޅެމުންއަންނަ ކޯކޭ ގެ ބަދަލު މިރޭގެ މެޗުގައި ތިއާގޯ އަލްކަންޓާރާ ފެނިގެންދާނެކަމަށް ބެލެވެއެވެ. އަދި މިރޭގެ މެޗުގައި މާކޯ އެސެންސިއޯ ވެސް ބާނުންކޮށްފާނެ ކަމުގެ އިޝާރާތެއް ކޯޗު ވަނީ ދީފައެވެ.

ރަޝިއާ ޓީމުގައި ޓީމުގައި އަނިޔާގެ މައްސަލައެއް ނެއްނަމަވެސް ސަސްޕެންސަނުގެ މައްސަލައެބަ އުޅެއެވެ. އެގޮތުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އުރުގުއޭއާ ދެކޮޅަށް ކުޅުނު މެޗުގައި ރަޝިއާގެ ޑިފެންޑަރ އިގޯ ސްމޮލްނިކޯފް އަށް ދެއްކި ރަތްކާޑުގެ ސަބަބުން އޭނާއަށް މިރޭގެ މެޗުގައި ނުކުޅެވޭނެއެވެ. އެހެން ނަމަވެސް އަނިޔާގެ ސަބަބުން އެ މެޗުގައި ނުކުޅެވުނު އެލެކްސެންޑަރ އިރޮކިން މިރޭގެ މެޗުން ފެނިގެންދާނެއެވެ. އަދި އެމެޗުގައި ނުކުޅެވުނު އެލަން ޒަގޮއެފްވެސް މިރޭގެ މެޗުން ފެނިގެންދާނެއެވެ.

މިވަގުތު ރަޝިޔާ ޓީމުގައި ސަސްޕެންސަނުގެ މައްސަލައެއް އޮތްނަމަވެސް އަނިޔާގެ މައްސަލައެއް ނެތެވެ. އެހެން ކަމުން މިއީ އެޓީމަށް ލިބޭނެ ބޮޑު ހިންހަމަޖެހުމަކަށްވާނެއެވެ.

 

ގްރޫޕް ސްޓޭޖުގައި ދެޓީމު ނެރެފައިވާ ނަތީޖާތަށް

ރަޝިޔާ

ރަޝިޔާ 5 / ސައޫދީ އަރަބިއާ 0

ރަޝިޔާ 3 / މިސްރު 1

ރަޝިޔާ 0 / އުރުގުއޭ 3

ކުޅުނު 2 މެޗުން މޮޅުވެ އެއްމެޗުން ވަނީ ބަލިވެފައި

ޖެހި ގޯލުގެ އަދަދު : 8

ޕޮއިންޓުގެ އަދަދު : 6

ގަދަ 16 އަށް ދަތުރުކުރީ ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި

 

މިރޭ ރަޝިޔާއިން ސްޕެއިންއާއި ދެކޮޅަށް ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން:

ގޯލްކީޕަރު އަކިންފީވް، ފެނާންޑޭޒް، ކުޓިޕޯވް، އިގްނަސެވިޗް، ޒިރްކޯފް، ގަޒިންސްކީ، ޒޮބްނިން. ސަމިޑޯފް، ގޮލޮވިން، ޗެރިޝޭފް، ޒިޔުބާ.

 

ސްޕެއިން

ސްޕެއިން 3 / ޕޯޗުގަލް 3

ސްޕެއިން 2 / މޮރޮކޯ 2

ސްޕެއިން 1 / އިރާން 0

ސްޕެއިން ގްރޫޕް ސްޓޭޖުގައި 3 މެޗު ކުޅުނުއިރު 1 މެޗުން މޮޅުވެ 2 މެޗުން ވަނީ އެއްވަރުވެފަ.

ޖެހި ގޯލުގެ އަދަދު: 6

ޕޮއިންޓުގެ އަދަދު: 5

މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި.

މިރޭ ސްޕެއިން އިން ރަޝިޔާއާ ދެކޮޅަށް ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން:

ގޯލްކީޕަރ ޑެހެއާ، ކަވަހާލް، ރާމޮސް، ޕީކޭ، އަލަބާ، ބުސްކެޓް، ތިއާގޯ، އިނިއެސްޓާ، އިސްކޯ، ސިލްވަ، ކޯސްޓާ.

ސްޕެއިން އަދި ރަޝިޔާގެ ކުރީގެ ބައްދަލުކުރުންތަށް

މިއީ ވޯލްޑްކަޕެއްގައި މި ދެޓީމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. އެހެން ނަމަވެސް ދެޓީމުގެ 7  ވަނަ ބައްދަލުވުމެވެ. މީގެ ކުރިން 6 ފަހަރު މި ދެޓީމު ބައްދަލުކޮށްފައިވާއިރު، އޭގެތެރެއިން 3 ފަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މި ދެޓީމު ބައްދަލުކޮށްފައިވެއެވެ. އަދި އެކުވެރިކަމުގެ 3 މެޗެއްގައިވެސް ބައްދަލުކޮށްފައިވެެއެވެ. މީގެތެރިން ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު، ސްޕެއިން 4 މެޗުން މޮޅުވެފައިވާއިރު އަނެއް ދެމެޗު ވަނީ އެއްވަރުވެގެންނިމިފައެވެ. ރަޝިއާއަށް ސްޕެއިންގެ މައްޗަށް އެއްވެސް މެޗަކުން ކުރިޔެއް ހޯދިފައިނުވެއެވެ. މި ދެޓީމު އެނެމް ފަހުން ބައްދަލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ ފަހުކޮޅު އެކުވެރިކަމުގެ މެޗެއްގައެވެ. މި މެޗު ނިމިގެން ދިޔައީ 3-3 ގެ ނަތީޖާއިން އެއްވަރުވެ އޮވެގެންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.