
ވޯލްޑްކަޕް 2018: ސްވިޓްޒަލެންޑް – ސްވިޑަން
ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ސްވިޑަން އާއި ސްވިޓްޒަލޭންޑް މިރޭ ކުރިމަތިލާއިރު، މި މެޗަކީ ވެސް ފޯރިގަދަ މެޗަކަކަށް ވެގެންދާނެއެވެ. ދެވަނަބުރުން ރަނގަޅު ނަތީޖާއެއް ހޯދާ މުބާރާތުގެ އުއާޓާފައިނަލަށް ދިމުމަކީ ކޮންމެ ޓީމެއްގެވެސް އުންމީދެވެ. މިއީ މި ދެޓީމަށްވެސް ދިގު ތާރީޚަކަށް ފަހު ވޯލްޑްކަޕެއްގެ ދެވަނަ ބުރުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.
މިރޭ ސްވިޒަލެންޑާ ދެކޮޅަށް ނިކުންނަ ސްވިޑަން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެގެނެވެ.
ސްވިޑަން މި މުބާރާތުގައި މިހާތަނަށް ފާހަގަވެފައިވަނީ ވަރުގަދަ ޓީމެއްގެ ގޮތުގައެވެ. ޚާށްޞަކޮށް ޑިފެންސްކުރުމުގައެވެ.
މި މެޗަށް ނުކުންނައިރު ސްވިޑަންގެ ފުރަތަމަ 11 އަށް މާ ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ނުބެލެ އެވެ. އެކަމަކު މި މެޗުގައި ސަސްޕެންޑްވެފައި ހުރި ސެބެސްޓިއަންގެ ލާސަން އަށް ނުކުޅެވޭނެ އެވެ.
އަނެއް ކޮޅުން ސްވިޓްޒަލޭންޑް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދީ ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، ދެ މެޗުން އެއްވަރުކޮށްގެނެވެ.
ސްވިޓްޒަލޭންޑަށް ބަލާއިރު، އެ ޓީމުގެ ޑިފެންސްލައިނަށް ބަދަލުތަކެއް އަންނާނެ އެވެ. އެ ޓީމުގެ ކެޕްޓަން ސްޓެފަން ލިޗްސްޓައިނާ އާއި ފަބިއަން ޝާ އަށް ވަނީ ދެ ކާޑު ހަމަވެގެން ސަސްޕެންޑް ވެފައެވެ.
ސްވިޑަން:
ސްވިޑަން އަކީ ވޯލްޑްކަޕުގެ ތަޖުރިބާ ހުރި ޓީމެކެވެ. 1934 ވަނަ އަހަރުން ފެށިގެން މިހާތަނަށް 12 ވޯލްޑްކަޕެއްގައި ކުލެ ރަނގަޅު ނަތީޖާތަކެއްވެރސް ވަނީ ހޯދާފައެވެ. އެގޮތުން 1958 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ފައިނަލަސް ދަތުރުކޮށްފައިވެެއެވެ. ވޯލްޑް ކަޕްގެ ދެވަނަ 1958 ވަނަ އަހަރު ހޯދުމަށް ފަހު، ސްވިޑަން އަށް ދެވަނަ ބުރު ފަހަނައަޅައި ދެވުނީ 1994 ވަނަ އަހަރުއެވެ. އެ އަހަރު މުބާރާތުގެ ތިން ވަނަ ސްވިޑަން ހޯދިއިރު، އެންމެ ފަހުން ސްވިޑަން ވާދަކުރި ހަތަރު ވޯލްޑް ކަޕްގައި ވެސް އެ ޓީމު ވަނީ ދެވަނަ ބުރުން ޖާގަ ހޯދައިފައެވެ.
މިރޭ ސްވިޓްޒަލެންޑާ ދެކޮޅަށް ނެރޭނެ ކަމަށް ލަފާކުރެވޭ ފުރަތަމަ 11 ކުޅުންތެރިން
ގޯލްކީޕަރު އޮލްސެން، ލިންޑެލޮފް، ލަސްޓިން، ގްރެންކިސްޓް، އޮގެސްޓިންސަން، ކްލެސަން، ސްވެންސެން، އެޑަލް، ފޯސްބާގް، ޓޮއިވަނެން، ބާގް.
ސްވިޓްޒަލޭންޑް:
ސްވިޓްޒަލޭންޑް ވަނީ 1994، 2006 އަދި 2014 ވަނަ އަހަރު ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ވާދަކޮށްފައިވެއެވެ. އެހެން ނަމަވެސް އެޓީމަށް މި މުބާރާތުގައި މާބޮޑު ކާމިޔާބީތަކެއް ހޯދިފައްެއް ނުވެއެވެ.
ދެޓީމުގެ ބައްދަލުކުރުންތަށް
ސްވިޑަން އާއި ސްވިޓްޒަލޭްންޑް ވަނީ 29 ފަހަރު ބައްދަލުކޮށްފަ އެވެ. އެކަމަކު މިއީ ޥޯލްޑް ކަޕެއްގައި މި ދެ ޓީމު ކުރިމަތިލާ ފުރަތަމަ ފަހަރެވެ.