ވޯލްޑްކަޕް 2018: ކްރޮއޭޝިއާ އަދި ރަޝިޔާގެ ކުރިމަތިލުން

މި އަހަރުގެ ވޯލްޑް ކަޕް ބާއްވާ ޤައުމުކަމަށްވާ ރަޝިއާ ކުއާޓާ ފައިނަލަށް ދަތުރުކުރީ ގިނަބަޔަކު ހައިރާންކޮށްލުމަށްފަހުގައެވެ. ތަފާތު ނަތީޖާތަކެއް ގްރޫޕް ސްޓޭޖުގައި ނެރުމަށްފަހު ގަދަ 16 ގައި ވަރުގަދަ ސްޕެއިން ބަލިކުރުމަށްފަހުގައެވެ. ކަން މިހެން އޮތްނަމަވެސް މުބާރާތަށް އެޓީމު ކުރިމަތިލިއިރު، އެ ޓީމަށް ކުއާޓާ ފައިނަލަށް ދަތުރުކުރެވޭނެކަމަށް ގިނަ ބަޔަކު ގަބޫލެއްނުކުރެ އެވެ.

އެކަމަކު މި މުބާރާތުގައި އެންމެ ފަހުން ކުޅުނު ދެ މެޗުގައި އެޓީމަށް މާ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. އެ ދެމެޗުގައި ރަޝިއާ އިން ފެނުނީ ޑިފެންސިވްކޮށް ކުޅޭ ތަނެވެ. ކުއާޓާ ފައިނަލްގައި މިރޭ ކްރޮއޭޝިއާއާ ދެކޮޅަށް ވެސް ރަޝިއާ އިން ކުޅޭނީ ޑިފެންސިވް ގޭމެއްކަމަށް ގަބޫލްކުރެވެ އެވެ.

މި މެޗަށް ނުކުންނައިރު ރަޝިއާގެ ޑިފެންޑަރ ޔުރީ ޒިރްކޯފް އަށް ވަނީ އަނިޔާވެފަ އެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އަނިޔާވި އެ ޓީމުގެ މިޑްފީލްޑަރ އެލަން ޒަގޮއޭފް މިހާރު ވަނީ ގާތްގަނޑަކަށް ފިޓުވެފަ އެވެ. މިރޭގެ މެޗުގައި ޒަގޮއޭފް ފެނިދާނެ ކަމަށްބެލެވެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި މެޗަށް ނުކުންނައިރު ކްރޮއޭޝިއާ އަށް އަނިޔާގެ މާބޮޑު މައްސަލައެއް ނެތެވެ. މުބާރާތުގެ ދެވަނަ ބުރުގައި ޑެންމާކް އަތުން ކްރޮއޭޝިއާ މޮޅުުވީ ޕެނަލްޓީ ޖަހައިގެނެވެ.

މިރޭގެ މެޗަކީ ވާދަވެރި މެޗެއްގައި މި ދެޓީމު ބައްދަލުކުރާ ތިންވަނަ މެޗެވެ. މީގެ ކުރިން ދެމެޗު ކުޅެފައިވާއިރު، އެ ދެ މެޗު ވެސް ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.