އަހަން ކެމްޕޭން ކ. އަތޮޅުގެ ހުރިހާ ރަށެއްގައި ހިންގައިފި

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމަށާއި އަނިޔާއާ ދެކޮޅަށް ކުދިން ބާރުވެރިކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ކުރިއަށް ގެންދާ ”އަހަން“ ކެމްޕޭންގެ ދަށުން، ކ.އަތޮޅުގެ ހުރިހައި ރަށެއްގައި ހޭލުންތެރިކުރުމުގެ ސެޝަންތައް ހިންގައިފިއެވެ.

3 ފިޔަވައްސަކަށް ބަހައިލައިގެން 4ން 8އާ ދެމެދުގެ ގްރޭޑްތަކުގެ ކުދިންނަށް އިންތިޒާމުކުރި މި ސެޝަންތަކުގައި ޖުމުލަ 883 ކުދިން ބައިވެރިވެފައިވެއެވެ. މި ގޮތުން ފުރަތަމަ ފިޔަވަހި ހިންގިފައިވަނީ މި އަހަރުގެ ފެބުރުވަރީ މަހުގެ 7އިން 8އަށް ކާށިދޫ އަދި ގާފަރުގައެވެ. މި ފިޔަވަހީގައި ޖުމުލަ 271 ކުދިން ބައިވެރިވެފައިވެއެވެ.

އިޝްތިހާރު full width ad 1200 x 150

ދެވަނަ ފިޔަވަހި ހިންގިފައިވަނީ މި އަހަރުގެ މޭ މަހުގެ 2އިން 3އަށް ދިއްފުށި، ތުލުސްދޫ އަދި ހުރާގައެވެ. މި ފިޔަވަހީގައި ވެސް ޖުމުލަ 271 ކުދިން ބައިވެރިވެފައިވެއެވެ. އަދި މި މަހުގެ 3އިން 12އަށް ތިންވަނަ ފިޔަވަހި ހިންގިފައިވާއިރު، މި ފިޔަވަހީގައި ގުޅި، މާފުށި، ގުރައިދޫ އަދި ހިންމަފުށީގެ 341 ކުދިން ބައިވެރިވެފައިވެއެވެ.

މި ސެޝަންތަކުގައި އެކި ބާވަތުގެ އަނިޔާއާއި އިހުމާލުން ކުޑަކުދިން ރައްކައުތެރިކުރާނެ ގޮތްތަކާއި، ކުޑަކުއްޖަކަށް އަނިޔާއެއް ލިބޭކަން އެނގޭނަމަ ނުވަތަ ޝައްކުކުރެވޭނަމަ ޢަމަލުކުރާނެ ގޮތްތާއި، މައްސަލަ ރިޕޯޓުކުރެވޭނެ ގޮތްތަކުގެ އިތުރުން، އަނިޔާ ތަޙައްމުލުކުރާ ކުދިންނަށް އެހީތެރިވެދިނުމަށްޓަކައި ކުރެވިދާނެ މުހިންމު ކަންތައްތަކުގެ މަޢުލޫމާތު ޙިއްޞާކޮށްފައިވެއެވެ.

މިނިސްޓްރީއަށް ކޮންމެ މަހަކު ރިޕޯޓުކޮށް އެޓެންޑްކުރާ މައްސަލަތަކުގެ ތެރެއިން ގާތްގަނޑަކަށް 50 އިންސައްތައަށް ވުރެ ގިނަ މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތައްކަމުން، 2015ވަނަ އަހަރު މިނިސްޓްރީން އިފުތިތާހުކުރި ”އަހަން“ ކެމްޕޭން އަމާޒުކުރެވިފައިވަނީ މި ބާވަތުގެ މައްސަލަތަކަށް ޙައްލު ހޯދައިދިނުމަށެވެ. އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާރކް)އާ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް މިހައިތަނަށް ވ، މ، ގދ އަތޮޅުގެ ހުރިހައި ރަށަކާއި، ހދ.ކުޅުދުއްފުށީގައި ހިންގިފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.