ރާއްޖޭގެ ބައެއްގެ ސަރަޙައްދަށް ވައިޓް އެލަރޓް ނެރެފި
ރާއްޖޭގެ ބައެއްގެ ސަރަޙައްދުތައް ވައިޓް އެލަރޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ބުނީ އެލަރޓް ނެރެފައިވަނީ ކ.އަތޮޅުން ފެށިގެން ގދ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ކަމަށެވެ. އަދި މިއީ ސަރަހައްދުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
މީގެ އިތުރުން 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް އެއިދާރާއިން ބުނެފައިވެއެވެ.
ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު ހަވީރު 17:00އާއި ހަމައަށެވެ.