
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ނެޝަނަލް އަކުއަތެލޯން ކާމިޔާބުކަމާއެކު ނިންމާލައިފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ނެޝަނަލް އަކުއަތެލޯން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި މި އިވެންޓު ބާއްވާފައިވަނީ މާލެއަތޮޅު ދިއްފުށީގައި މިއަދު ހެނދުނުއެވެ.
މޯލްޑިވް ގޭހުގެ އެހީތެރިކަމާއެކު ބޭއްވި މި އިވެންޓުގައި ގިނަ ޢަދަދެއްގެ ދުވުންތެރިންނާއި ފެތުންތެރިން ވަނީ ބައިވެރިވެފައެވެ.
މި އިވެންޓުގައި އިންޑިވިޖުއަލް އާއި ޓީމު އިވެންޓު އަދި ޢުމުރުފުރާއިން އެކިވަނަތައްހޮވާ އިނާމު ދިނުމަށް ވަނީ ނިންމާފައެވެ.