
ފޮނަދޫ ފުޓްސަލް ލީގުގެ ގުރުނެގުން ރޭ ބާއްވައިފި
އޮގަސްޓް މަހުގެ 9 ވަނަ ދުވަހުގެރޭ .ފޮނަދޫގައި ފަށަން ހަމަޖެހިފައިވާ
ފޮނަދޫ ފުޓްސަލް ލީގް( އެފްއެލްއެލް) ގައި ބައިވެރިވި ޓީމުތަކުގެ މެދުގައި ގުރުއަތުލުން ރޭ ބާއްވައިފިއެވެ.
ރޭ 20:15 ގައި ފޮނަދޫ ބަރާސިލް އަވަށު ބޯޅަ ދަނޑުގައި ބޭއްވި މި ގުރު ނެގުމުގެ ރަސްމިއްޔާތުގައި މި މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ އިސް ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ރޭ ފަށާ ފޮނަދޫ ފުޓްސަލް ލީގު ފަށާއިރު މި މުބާރާތުގެ ތެރެއިން ވެޓެރަންސް މުބާރާތެއްވެސް ކުޅެވޭނެއެވެ. އެހެން ކަމުން ޖުމްލަ 17ޓީމު ހިމެނޭއިރު އޭގެތެރޭގައި ޒުވާނުންގެ 13 ޓީމު އަދި ވެޓެރަންސް 3 ޓީމެވެ.
ފޮނަދޫ ފުޓުސަލް ލީގު 2018 ގައި ހިމެނޭ ޒުވާނުންގެ ޓީމުތަކަކީ ފޮނަދޫ ޔޫތް އެކަޑަމީ (ވައިއޭ)، ބީޗް ސްޕޮޓް އެސްސީ، ޓައިމް ޒެޑް، އެލްވައިއެމް، ޝަބުނަމީ ހޯލްޑިންގ ޕލޓ، ޝައިންވަން، އެކުވެރި އެފްސީ، އެމްއެންޑީއެފް ސެންޓްރަލް އޭރިޔާ، އެފްއާރުއެސް، ކުލަމަޖާ، ނިއުހޯމް ސިޓީ އެފްސީ، ސްޕާޓާ އަދި އިސްކަންދަރު އެއަރބޭސް ހިމެނެެއެވެ.
ވެޓެރަނަސް މުބާރާތުގައި ވާދަކުރާ 3 ޓީމަކީ ބީޗް ސްޕޮޓް، އިސްކަންދަރު އެއަރބޭސް، އޭފޯ ކްއެސްޓް އެވެ.
މިކަމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މި މުބާރާތުގެ އިންތިޒާމް ކޮމިޓީގެ އިސް ވެރިޔާ ހަސަން ޚަލީލް އާދަމް ވިދާޅުވީ، މި ހިނގާ އޯގަސްޓު މަހުގެ ނުވަ ވަނަ ދުވަހު މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ފުޓްސަލް ލީގުގައި ފޮނަދޫގެ ހުރިހާ އަވަށަކުންވެސް ބައިވެރިވުމަކީ މުބާރާތް ކާމިޔާބު ކަމާއި އެކު ގެންދެވޭނެ ކަމުގެ ފެހި ސިގުނަލެއްކަމަށްވެސް ހަސަން ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ހަސަން ޚަލީލް ވިދާޅުވީ މިފަދަ މުބާރާތެއް އިންތިޒާމް ކޮށް ކުރިޔަށް ގެންދުއުމުގެ އެންމެ ބޮޑު މަގުސަދަކީ ފޮނަދޫގައި ފުޓުބޯޅަ ދިރުވާ އާލާކޮށް އެކުވެރިކަން އިތުރަށް ބަދަހިކުރުން ކަމަށެވެ. އަދި އަންނަ އަހަރުވެސް މި މުބާރާތް ކުރިޔަށް ގެންދާނެ ކަމަށާއި މިފަހަރުގެ މި މުބާރާތުގައި ބައިވެރިވުމަށް ރެޖިސްޓްރީ ކޮށްފައިވާޓީމުތަކަށް އަންނަ އަހަރުގެ މުބާރާތުގައި ބައިވެރި ވުމަށް އިތުރަށް ރެޖިސްޓްރީކުރަން ނުޖެހޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ފޮނަދޫ ފުޓްސަލް ލީގުގައި މިފަހަރު ބައިވެރިވުމަށް ރެޖިސްޓްރީ ކޮށްފައިވާ ޓީމުތަށް ފިޔަވައި ދެން އަންނަ އަހަރު ބާއްވާ މުބާރާތަށް އަލަށް ރެޖިސްޓްރީކުރާ ޓީމުތަކުން ނެގޭ ފީ ބޮޑުވާނެ ކަމަށްވެސް ހަސަން ވަނީ ވިދާޅުވެފައެވެ.
މިމަހުގެ 9 ވާ މުބާސްފަތި ދުވަހުގެރޭ ގަޑިން 20:30 ގައި ފެށިގެން ދާއިރު މި މުބާރާތުގެ 3 މެޗެއް އެރޭގައި ކުޅޭނެއެވެ. އެގޮތުން މުބާރާތް ހުޅުވިގެންދާނީ ފޮނަދޫ ޔޫތް އެކަޑަމީ (ވައިއޭ) އާއި ބީޗް ސްޕޮޓް އެސްސީ ބައްދަލުކުރާ މެޗުންނެވެ. އެރޭ ކުޅޭ ދެވަނަ މެޗުގައި ޓައިމް ޒެޑް އަދި އެލްވައިއެމް ބައްދަލުކުރާއިރ
ފޮނަދޫ ބަރާސިލް އަވަށުގެ ބޯޅަ ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރިފިޔާގެ ފައިސާގެ އިނާމެއް ދޭގޮތަށް ވަނީ ހަމަ ޖެހިފައެވެ. އަދި ވެޓެރަންސް މުބާރާތުގެ ޗެމްޕިއަން ޓީމަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތަކީ ފޮނަދޫ ބަރާސިލް އަވަށު ބައްރު ޖަމްޢިއްޔާއިން އިސްނަގައިގެން ފޮނަދޫ އެހެން ބައެއް ޖަމިއްތަކާއި ގުޅިގެން ބާއްވާ މުނާރާތެކެވެ.
ފޮނަދޫ ފުޓްސަލް ލީގު ( އެފްއެފްއެލް) ގެ މީޑިޔާ ޕާޓްނަރ އަކީ ލާމު ލައިވް އެވެ.