
ދިވެހި ޓީޓީ ކުޅުންތެރިންތަކެއް އިންޑިއާގައި ތަމްރީން ޕްރޮގްރާމެއް ހަދަނީ..
ދިވެހި ޓީޓީ ކުޅުންތެރިންތަކެއް އިންޑިއާގައި ތަމްރީން ޕްރޮގްރާމެއް ހަދަމުން އަންނަކަމަށް ޓީޓީ އެސޯސިއޭޝަނުން ބުނެފިއެވެ.
އެ އެސޯސިއޭޝަނުން ބުނީ އޭޝިއަން ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ ޤައުމީ ޓީޓީ ޓީމުގައި ހިމެނޭ ފިރިހެން ކުޅުންތެރިންނާއި އަންހެން ޤައުމީ އަންހެން ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިން އިތުރު ތަމްރީނު ހޯދުމަށާއި ވާދަވެރި މެޗުތަކެއް ކުޅުމަށް އިންޑިއާގައި ތަމްރީން ހަދަމުން އަންނަ ކަމަށެވެ.
އެގޮތުން ތަމްރީނު ހަދަމުން އަންނަނީ އިންޑިއާގެ ހަރިޔާނާ ސްޓޭޓްގައި ހުންނަ ޕިންނަކަލް ޓޭބަލް ޓެނިސް އެކަޑަމީގައި ކަމަށާއި މި ތަމްރީނުތަކުގައި ވާދަވެރި މެޗުތަކެއްވެސް ކުޅެމުން އަންނަކަމަށްވެސް ޓީޓީ އެސޯސިއޭޝަނުން ބުންޏެވެ.
މި ތަމްރީނުތައް ކުރިއަށް ގެންދަނީ އިންޑިއާގެ ޤައުމީ ޓީޓީ ޓީމުގެ ކޯޗު މިސްޓަރ. ދީޕަކް މާލިކްގެ އެހީތެރިކަމާއެކުގައި ކަމަށްވެސް އެސޯސިއޭޝަނުން ބުންޏެވެ.
މި ތަމްރީނުތަކުގައި 3 ފިރިހެން ކުޅުންތެރިންނާއި 3 އަންހެން ކުޅުންތެރިން ބައިވެރިވާ އިރު، މި ތަމްރީނުތައް ކުރިއަށްދަނީ މި މަހުގެ 16ން 22އަށް ކަމަށްވެސް ރާއްޖޭގެ ޓީޓީ އެސޯސިއޭޝަނުން ބުނެއެވެ.