އެލައިޑް އިންޝުއަރެންސްގެ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބް ބ. މާޅޮހުގައި އިފްތިތާޙުކޮށްފި

އެލައިޑް އިންޝުއަރެންސްގެ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ފުރަތަމަ ހަބް ބ. މާޅޮހުގައި އިފްތިތާޙުކޮށްފިއެވެ.

އެ ކުންފުނީގެ އިޖްތިމާއީ ޒިންމާއަށް ޚާއްޞަކޮށްފައިވާ “ޕްރިމިއަމް ފޯ ގުޑް”ގެ ދަށުން އިފްތިތާޙުކުރި މިހަބަކީ ޔޫ.އެން.ޑީ.ޕީ އާއި އުރިދޫ މޯލްޑިވްސް އާއި ގުޅިގެން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

އިޝްތިހާރު Below Header ad

ބ. މާޅޮހުގައި ޤާއިމްކުރި އެންމެ ފުރަތަމަ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބް ސެންޓަރ ހުޅުވުމަށް މިއަދު ވަނީ އެރަށުގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.

އެލައިޑް އިންޝުއަރަންސް ކުންފުނިން ބުނީ އެކުންފުނީގެ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބް ޕްރޮގްރާމްގެ ދަށުން މާޅޮހު ސްކޫލުގައި ޒަމާނީ ވަޞީލަތްތަކާއެކު މިހުޅުވި ސެންޓަރުން ތަފާތު ދާއިރާތަކަށް ޚާއްޞަ ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައިވެއެވެ. އެގޮތުން އެކި ޢުމުރުފުރާގެ މަސައްކަތްތެރިންނަށް ބައިވެރިވެވޭ ގޮތަށް ކުރިޔަށްގެންދާ މިތަމްރީން ޕްރޮގްރާމްތައް ހިންގަވާ ދެއްވުމަށް ހަމަޖެހިފައިވަނީ ޔޫ.އެން.ޑީ.ޕީގެ ޢިލްމީ އަދި ފަންނީ ތަޖުރިބާކާރުންނެވެ. އަދި މިސެންޓަރަށް ބޭނުންވާ އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އުރީދޫމޯލްޑިވްސް އިންނެވެ.

Allied 2

މާޅޮސް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބް ސެންްޓަރ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެލައިޑް އިންޝުއަަރަންސްގެ އަންޑަރ ރައިޓިންގ މެނޭޖަރ އަހުމަދު ޝާބިޤް ވިދާޅުވީ މިއީ ރަަށުގައި ހުރެގެންވެސް ކޮންމެ މަސައްކަތްތެރިއަކަށްވެސް އެމީހެއްގެ ހުނަރު ޓެކްނޮލޮޖީ މެދުވެރިކޮށް ކުރިއަރުވާ ތަރައްޤީކުރުމަށް އެހީތެރިވެދިނުމަށް ފެއްޓެވި މަޝްރޫއުއެއް ކަމަށެވެ.

އެގޮތުން ރަށުގައި ލިބެން ނެތް ވަޞީލަތްތައް ފާހަގަކޮށް އެފަދަ ފުރުޞަތުތަކަށް މަގުފަހިކޮށްދީ މަސައްކަތްތެރިން ބާރުވެރިކޮށްދިނުމުގެ މަގުޞަދުގައި ހިންގޭ މިމަޝްރޫއުގައި ޔޫ.އެން.ޑީ.ޕީ އާއި އުރިދޫ އަދި މާޅޮހު ކައުންސިލް އިދާރާއިން ފޯރުކޮށްދެއްވި އެހީތެރިކަމާއި އެއްބާރުލުން ވަރަށް އުފަލާއެކު ބަލައިގަންނަ ކަމަށް ސާބިޤް ވިދާޅުވިއެވެ. އަދި މި މަޝްރޫއު އެހާ ހަލުވި ދުވެއްޔެއްގައި ނިންމާލުމުގެ އަސްލަކީވެސް މިފަރާތްތައްކަމަށް އޭނާ ވަނީ ފާހަގަ ކުރެއްވާފައެވެ.

ސާބިޤް އިތުރަށް ވިދާޅުވީ ޢާންމުންގެ ތަރުހީބު ލިބެމުންދާ ވަރަކުން މުސްތަޤްބަލުގައިވެސް އަތޮޅު ތެރޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ސެންޓަރުތައް ޤާއިމްކުރުމުގެ މަސައްކަތް ކުރިޔަށްގެންދާނެއެވެ.

Allied 1

މި ރަސްމިއްޔާތުގައި އުރީދޫގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް މުހައްމަދު ނިޔާޒު ވިދާޅުވީ އެލައިޑުން އިސްނަގައިގެން ފަށާފައިވާ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބް ޕްރޮގްރާމްގެ ބައިވެރިއަކަށްވުމުގެ ފުރުޞަތު އުރީދޫއަށް ލިބުނުކަމަށްޓަކައި އުފާކުރައްވާ ކަމަށެވެ.

ނިޔާޒު އިތުރަށް ވިދާޅުވީ މިއީ އެކުންފުނީގެ މައިގަނޑު އެއް އަސާސްކަމުގައިވާ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ރައްޔިތުންގެ ދިރިއުޅުން ފާގަތިކުރުމުގެ މަސައްކަތައް އިތުރުވި މުހިންމު ބޮޅެއް ކަމަށެވެ. އަދި ޓެކްނޮލޮޖީ މިހާ ކުރިއަރާފައިވާ އަދުގެ ދުނިޔޭގައި، މަސައްކަތުގެ މާހައުލަށް މިދަފަ އުކުޅުތައް އިނގުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެގޮތުން އެލައިޑްގެ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބްތަކުން ހިންގާ ތަފާތު ޕްރޮގްރާމްތަކުގައި ޢާންމުން ބައިވެރިވުމަށް ހިތްވަރުދިނުމުގެ ގޮތުން އުރީދޫއިންވަނީ މިސެންޓަރުން ތަމްރީންވެގެން އަންނަ ކުދިންނަށް މަސައްކަތުގެ މާޙައުލުން ހަޤީޤީ ތަޖުރިބާ ހޯދުމަށް އިންޓަރންޝިޕް ފުރުޞަތުތައް ވެސް ފަހިކޮށްދޭނެ ކަމުގައި އިޢުލާންކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.