
ސާފް ސުޒުކީ ކަޕް 2018
ސާފް ޗެމްޕިއަންޝިޕް މިހާރުގެ ނަމުންނަމަ ސާފް ސުޒުކީކަޕް ފުޓްބޯޅަ މުބާރާތަކީ ދެކުނު އޭސިއާ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތެވެ. ސާކްގެ 8 ގައުމު ކަމަށްވާ ދިވެހިރާއްޖެއާއި ޕާކިސްތާން އަދި ބޫޓާނާއި އަފްގާނިސްތާންގެ އިތުރުން ބަގުލަދޭޝް އާއި ނޭޕާލް ބައިވެރިވާ މި މުބާރާތް އެންމެ ފުރަތަމަ ބާއްވަމުންއައީ ސާކް ގޯލްޑް ކަޕްގެ ނަމުގައެވެ. އެއީ 1993 ވަނަ އަހަރުގެ ޑިސެމްބަރ މަހުގައެވެ.
1993 ވަނަ އަހަރު ސާފްގެ 4 ޓީމުގެ މެދުގައި ބާއްވަންފެށި މިމުބާރާތް އެންމެ ފުރަތަމަ ބޭއްވުނީ އަވައްޓެރި އިންޑިއާގައެވެ. އިންޑިއާގައި ބޭއްވި މި މުބާރާތް ކާމިޔާބުކުރީ ވެސް އިންޑިއާއެވެ. އިންޑިއާ އަކީ މިހާތަނަށް އެންމެ ގިނަފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާގައުމެވެ.
1993 ވަނަ އަހަރު ފެށިގެން 1995 ވަނައަހަރާ ހަމައަށް ސާކް ގޯލްޑް ކަޕްގެ ނަމުގައި މި މުބާރާތް ބޭއްވުމަށްފަހު 1997 ވަނަ އަހަރު ޕާކިސްތާނުގައި މި މުބާރާތް ބޭއްވުނީ ސާފް ޗެމްޕިއަންޝިޕްގެ ނަމުގައެވެ.
1993 ވަނަ އަހަރުން ފެށިގެން ގަވައިދުން މި މުބާރާތް ބޭއްވެމުންއައިސް 2001 ވަނަ އަހަރު މި މުބާރާތް ވަނީ މެދުކަނޑާލާފައެވެ. އެއީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ބަންގުލަދޭސްގެ ފުޓްބޯޅަ އެސޯސިއޭޝަން ސަސްޕެންޑް ކުރުމާއިގުޅިގެން ނެވެ. އެގޮތުން 2001 ގެ އޮކްޓޫބަރު މަހުން ފެށިގެން 2002 ގެ ފެބުރުއަރީ މަހާ ހަމައަށް މި މުބާރާތްވަނީ މެދުކަނޑާލެވިފައެވެ.
އޭގެ ފަހުން ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އަލުން ފެށީ 2003 ވަނަ އަހަރުއެވެ. އެއީ އަފްގާނިސްތާން ސާފްގެ މެމްބަރަކަށް ނުވަނީސް މި މުބާރާތުގައި ވާދަކުރަންފެށި އަހަރެވެ. އަފްގާނިސްތާން މި މުބާރާތުގައި ފުރަތަމަ ވާދަކުރަން ފެށީ 2003 ވަނަ އަހަރުގައެވެ. އަފްގާނިސްތާން ސާފްގެ މެމްބަރަކަށް ވީ 2005 ވަނަ އަހަރުއެވެ.
އޭގެ ފަހުން މިހާރު މި މުބާރާތުގެ ނަން ވަނީ ”ސާފް ސުޒުކީ ކަޕް“ އަށް ރީބްރޭންޑްކޮށްފަ އެވެ. މިފަހަރު މި މުބާރާތް ިއންޑިއާގައި ބޭއްވޭނީ ”ސާފް ސުޒުކީ ކަޕްގެ ނަމުގައެވެ. ސާފް ޗެމްޕިއަންޝިޕްގެ ނަން ”ސާފް ސުޒުކީ ކަޕްގެ ނަމަށް ރިބްރޭންޑު ކުރެވުނީ ޖަޕާންގެ މަސްހޫރު މޮޓޯ ކުންފުނި ސުޒުކީ މޮޓޯ ކޯޕަރޭޝަން އިން މި މުބާރާތުގެ ޓައިޓްލް ސްޕޮންސަރ ކުރުމާއި ގުޅިގެންނެވެ.
ޖަޕާނުގެ ސުޒުކީ މޯޓަރ ކޯޕަރޭޝަންއިން ސްޕޮންސަރ ކޮންފައިވާ މި މުބާރާތް މި ފަހަރު ބާއްވަނީ ބަނގުލަދޭޝް ގެ ޑާކާގައެވެ. މި ފަހަރުގެ މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅޭނީ ބަނގުލަދޭޝްގެ ގައުމީސްޓޭޑިއަމްގައެވެ. މި ސްޓޭޑިއަމްގައި 36،000 މީހުންގެ ޖާގައޮވެއެވެ.
ސެޕްޓެމްބަރ 4 އިން ޖެނުއަރީ 15 އަށް ބަނގުލަދޭސްގައި ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވާ އިނާމަކީ 50000 ޔޫއެސް ޑޮލަރެވެ. މުބާރާތުގެ ރަނަރަޕް ޓީމަށް 25000 ޑޮލަރެވެ. މީގެ އިތުރުން ސެމީފައިނަލް ކުޅޭ ކޮންމެ ޓީމަކަށް 10000 ޑޮލަރު ހުށައަޅާފައިވެއެވެ.