ބޫޓާން ކަޓުވާލުމަށް ފަހު ޕާކިސްތާން ސެމީފައިނަލަށް !

ބޫޓާން ބަލިކޮށް، ސާފް ސުޒުކީ ކަޕް 2018 ގެ ސެމީ ފައިނަލަށް ޕާކިސްތާން ދަތުރުކޮށްްފިއެވެ.

ބަންގްލަދޭޝް ޑާކާގެ ބަންގުބަންދު ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗު ޕާކިސްތާނުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ރަނގަޅަށް ކުޅެމުން އައީ ޕާކިސްތާނުންނެވެ. އެގޮތުން މެޗުގެ 10 ވަނަ މިނެޓުގައި ނުރައްކާތެރި ހަމަލައެއް ޕާކިސްތާނުން އުފެއްދިއެވެ. އޭރިއާ ތެރޭގައި ހުސްކޮށް ހުރެ ހަސަން ނަވީދު ބާޝިރު ބޮލުން ފޮނުވާލި މި ހަމަލާ ބޫޓާންގެ ގޯލްކީޕަރު ގަވަންގް ޖަމްފެލް ވަނީ ޕަންޗުކޮށް ބޭރުކޮށްލައިފައެވެ. އޭގެ އިރުކޮޅެއް ފަހުން ނަވީދު އަހުމަދު ފޮނުވާލި ހަމަލާ ދިޔައީ ސީދާ ގޯލްކީޕަރު އަތަށެވެ.

ޕާކިސްތާނުން ލަނޑެއް ޖަހާ މެޗުގެ ލީޑު ނެގީ 21 ވަނަ މިނެޓުގައެވެ. މިލަނޑު ޕާކިސްތާނަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ޑިފެންޑަރު މުހައްމަދު ރިޔާޒްއެވެ. ޕާކިސްތާނުން އެޓީމުގެ ދެވަނަ ލަނޑު ޖަހާ މެޗުގެ ލީޑުފުޅާކުރީ 29 ވަނަ މިނެޓުގައި ނަވާދު ބަޝީރު ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ޕާކިސްތާނުން 2-0 ގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލި އިރު، ދެވަނަ ހާފްގައި ބޫޓާން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ހާއްސަކޮށް އެޓީމުން ވަނީ ޕާކިސްތާނުގެ އެޓޭކުން އުފައްދަމުން އައި ހަމަލާތައް މަޑު ޖައްސާލައިފައެވެ. ބޫޓާނުން ދެވަނަ ހާފްގައި ބޯޅަ ހިފަހައްޓަން މަސައްކަތް ކޮށްފައިިވާ އިރު، އެ ހާފްގެ ފުރަތަމަ ހަމަލާވެސް ފެނުނީ ބޫޓާންގެ ފަރާތުންނެވެ.

ބޫޓާންގެ މިޑްފީލްޑަރ ޝެރިން ޑޯޖީ ދުރުން ފޮނުވާލި ހަމަލާ ދިފާއުކުރީ ޕާކިސްތާނުގެ ގޯލްކީޕަރު ޔޫސުފް އިޖާޒެވެ. ބޫޓާނުން ވަނީ ކުރިއަށް ޖެހި ގިނަ ހަމަލާތަކެއް އުފައްދައި ޕާކިސްތާންގެ ޑިފެންސަށް ވަރަށް ބޮޑަށް ޕްރެޝަރު ކޮށްފައެވެ. ހާއްސަކޮށް މެޗުގެ ފަހު 20 މިނެޓް ޑޮމިނޭޓްކޮށް ކުޅުނީ ބޫޓާނުންނެވެ. މެޗުގެ 80 ވަނަ މިނެޓުގައި ޝެރިން ޑޯޖީ ނަގައިދިން ހުރަސް، ކަބީރާޖް ރާއީ ބޮލުން ފޮނުވާލި ނަމަވެސ،ް އޭނާގެ ހަމަލާ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.

މެޗު ނިމެން ދަނިކޮށްވެސް ބޫޓާންގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. އިންޑިއާގެ ބެންގަލޫރު އެފްސީއަށް ކުޅުމުންދާ ޒުވާން ފޯވަޑް ޗެންޗޯ ޔެލްޓްޝެން ހަނި އޭންގަލުން ފޮނުވާލި ހަމަލާ ދިފާއުކުރީ ޕާކިސްތާނުގެ ގޯލްކީޕަރު އިޖޭޒެވެ. ބޫޓާނުން ދެވަނަ ހާފްގައި ރަނގަޅަށް ކުޅުނު ނަމަވެސް، މެޗުގެ ފަހު މިނެޓުގައި ޕާކިސްތާނުން އަނެއްކާވެސް އިތުރު ލަނޑެއް ޖަހައި، ނަތީޖާ 3-0 އަކަށް ބަދަލުކޮށްލިއެވެ. އެ ޓީމަށް ތިންވަނަ ގޯލް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަހުމަދު ފަހީމެވެ.

މިއަދުގެ ނަތީޖާއާއެކު ޕާކިސްތާނަށް ވަނީ 2005 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.  މިއަދުގެ މެޗަށް ނުކުތް އިރުވެސް ބޫޓާނަށް އޮތީ ހަނީ ފުރުސަތަކަށްވީ އިރު، ގްރޫޕް އޭއިން ސެމީއަށް ދާނެ އަނެއް ޓީމު ޔަގީންވާނީ މިރޭ ބަންގްލަދޭޝާއި ނޭޕާލް ވާދަކުރާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.