ސާފް ސުޒުކީ ކަޕް 2018: ރާއްޖެއާއި އިންޑިޔާގެ ކުރިމަތިލުން

2008 ވަނަ އަހަރު ސްރީ ލަންކާގެ ސުގަތަދާސާ ސްޓޭޑިއަމްގައި ވަރުގަދަ އިންޑިޔާ ބަލިކޮށް ސާފް ޗްމެޕިއަންޝިޕް އުފުލާލުމަށްފަހު މުބާރާތުގެ ތަށި ހޯދުމަށް ނުކުޅެދިފައިވާ ދިވެހި ރާއްޖެ އިން މި އަހަރުގެ ސާފް ސުޒުކީ ކަޕްގައި މިއަދު ނިކުންނާނީ ވާދަވެރި އިންޑިޔާ އާއި ދެކޮޅަށެވެ.

ބަންގްލަދޭޝްގެ ޑާކާގެ ސުގަތަދާސާ ސްޓޭޑިއަމްގައި ރާއްޖެ އާއި ދެކޮޅަށް އިންޑިޔާ މިއަދު ނިކުންނައިރު މުބާރާތުގެ ފުރަތަމަ މެޗްގައި އިންޑިޔާ ވަނީ 0-2 އިން ލަންކާ ބަލިކޮށްފައެވެ. އެހެން ކަމުން މި ނަތީޖާއާ އެކު އިންޑިޔާއަށް ވަނީ ސެމީގެ ފުރުސަތު ތަނަވަސްވެފައެވެ. މިއަދު ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުން ކޮންމެ ނަތީޖާއެއް ނިކުތަސް އިންޑިޔާ ސަލާމަތް ވާނެއެވެ. މިއަދުގެ މެޗު އެއްވަރުވިނަމަވެސް އަދި 0-1 ގެ ނަތީޖާއިން އިންޑިޔާއަތުން ރާއްޖެ ބަލިވިނަމަވެސް ގޯލުގެ ތަފާތުން ރާއްޖެއަށް ސެމީގެ ފުރުސަތު އެބައޮތެވެ. ރާއްޖެ މުބާރާތުން ކަޓާނެ ހަމަ އެކަނި ގޮތަކީ 0-3 ގެ ނަތީޖާއިން އިންޑިޔާއަތުން ރާއްޖެ ބަލިވުމެވެ. އޭރުން ސެމީގެ ފުރުސަތު ލިބިގެން ދާނީ ސްރީ ލަންކާއަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ގްރޫޕް ބީގެ ނަތީޖާ ތަކަށް ބަލާއިރު ، އެންމެ ފުރަތަމަ މި ގްރޫޕުގައި ބައްދަލުކުރީ އިންޑިޔާ އަދި ސްރީ ލަންކާއެވެ. މި މެޗު 0-2 އިން ކާމިޔާބު ކުރީ އިންޑިޔާއެވެ. ދެވަނަ މެޗުގައި ބައްދަލުކުރީ ރާއްޖެއާއި ސްރީ ލަންކާއެވެ. މި މެޗު ނިމުނީ 0-0 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. އެހެން ކަމުން މި ނަތީޖާއާ އެކު މިވަގުތު ގްރޫޕުގެ އެއްވަނަ ލިބެނީ އިންޑިޔާއަށެވެ. އިންޑިޔާ 3 ޕޮއިންޓާއެކު އެއްވަނާގައި އޮތްއިރު ގްރޫޕުގެ ދެވަނަ ލިބެނީ ރާއްޖެއަށެވެ. ތިންވަނަ ލިބެނީ ސްރީ ލަންކާއަށެެވެ. ރާއްޖެއަށް ގްރޫޕްގެ ދެވަނަ ލިބެނީ ސްރީލަންކާއާ ޕޮއިންޓްގެ ގޮތުން އެއްވަރުވެ ގޯލުގެ ތަފާތުންނެވެ. ލަންކާގެ ގޯލަށް 2 ލަނޑު ވަދެފައިވާއިރު ރާއްޖޭގެ ގޯލަކަށް އަދި ލަނޑެއް ވަދެފައި ނުވެއެވެ. އެހެން ނަމަވެސް މި ގްރޫޕުގެ ފައިނަލް ނަތީޖާ ކަށަވަރު ވާނީ ރާއްޖެއާއި އިންޑިޔާ ބައްދަލުކުރާ މެޗަށް ފަހުގައެވެ.

ރާއްޖެ އަދި އިންޑިޔާ ޓީމުގެ ކޯޗުންގެ ބަސް

ލަންކާ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވުމަށްފަހު ގްރޫޕްގެ ދެވަނަ މެޗަށް އިންޑިޔާ ނިކުންނައިރު އެ ޓީމުގެ ކޯޗް ސްޓެފަން ބުނެފައިވަނީ ރާއްޖެ އާއި ދެކޮޅަށް ކުޅޭ މެޗަކީ އުނދަގޫ މެޗެއް ކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ މައްޗަށް ކުރި ހޯދިދާނެ ކަމަށެވެ. ބޭނުމަކީ މިއަދުގެ މެޗުންވެސް މޮޅުވެގެން މުބާރާތުގެ ސެމީއަށް ދިއުންކަމަށް ވެސް ސްޓެފަން ބުނެފައިވެއެވެ.

ރާއްޖޭގެ ކޯޗް ޕީޓާ ސެގަޓް ބުނީ މި މެޗަށް ނިކުންނައިރު އިންޑިޔާ އަކީ ސަރަހައްދުގެ އެންމެ ވަރުގަދަ ޓީމު ކަމަށާއި ލަންކާއާ ދެކޮޅަށް ކުޅެ ރަގަޅު ނަތީޖާއެއް ނެރެފައިވާ ކަމަށެވެ.  އެހެންކަމުން އިންޑިޔާ އަށް އިހުތިހާމް ކުރާ ކަމަށް ސެގަޓް ވަނީ ބުނެފައެވެ. ނަމަވެސް މުބާރާތުގައި ވާދަކުރާ އެއްވެސް ޓީމަކާއިމެދު ޖެހިލުން ނުވާ ކަމަށްވެސް ކޯޗް ވަނީ ބުނެފައެވެ.

މީގެ އިތުރުން ކޯޗް ވަނީ މެޗްގެ ކުރިން މެޗް ކުޅޭ ސްޓޭޑިއަމްގައި ފަރިތަކުރުމުގެ ފުރުސަތު ނުލިބޭކަމަށްބުނެ އެކަމާއި ހިއްހަމަ ނުޖެހުން ފާޅުވެސް ކޮށްފައެވެ. އެހެން ނަމަވެސް މުބާރާތުގެ މެޗްތައް ރޭވިފަ ހުރި ގޮތުން އެކަން ކުރުމަށް ދަތިތަކާއި ކުރިމަތިވީ ކަމަށާއި ނަމަވެސް އެއަށް އިހުތިރާމް ކުރާ ކަމަށް ކޯޗް ވަނީ ބުނެފަ އެވެ.

ރާއްޖެ އަދި އިންޑިޔާގެ ބައްދަލުކުރުންތަށް

ރާއްޖެ އާއި އިންޑިޔާ މީގެ ކުރިން ސައުތް އޭސިއަން ފުޓްބޯޅަ މުބާރާތްތަކުގައި 18 ފަހަރު ބައްދަލުކޮށްފައިވާއިރު ރާއްޖެ މޮޅުވެފައިވަނީ އެއްމެ 3 ފަހަރުއެވެ. ދެމެޗުން ވަނީ އެއްވަރުވެފައެވެ. އިންޑިޔާއިން ވަނީ ރާއްޖޭގެ މައްޗަށް 13 ފަހަރު ކުރި ހޯދާފައެވެ. މި ދެޓީމު އެންމެ ފަހުން މި މުބާރާތުގައި ބައްދަލުކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ. އެފަހަރު 2-3 އިން މޮޅުވެފައިވަނީ އިންޑިޔާއެވެ.

ދިވެހިރާއްޖެ – އިންޑިޔާ

ސްޓޭޑިއަމް: ސުގަތަދާސާ ސްޓޭޑިއަމް، ޑާކާ

ގަޑި: 1800 (ރާއްޖެ ގަޑި)

DmfW6tgUYAAFLcA

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.