
ޔޫއެފާ ނޭޝަންސް ލީގު 2018: ހަޒާޑް އާއި ލުކާކޫގެ ގޯލުތަކުން ބެލްޖިއަމް މޮޅުވެއްޖެ
މިހާރު ކުރިޔައްދާ ޔޫއެފާ ނޭޝަންސް ލީގުގައި ރޭ އައިސްލޭންޑްގެ މައްޗަށް 3-0 އިން ބެލްޖިއަމް އިން ކުރި ހޯދައިފިއެވެ.
ބެލްޖިއަމްއިން ގޮލެއް ޖަހާ ލިޑުނެގިތާ 2 މިނެޓުފަހުން ލުކާކޫ ކާމިޔާބުކޮށްދިން ގޯލުން ބެލްޖިއަމް ލީޑުފުޅާކުރިއެވެ. މި ނަތީޖާއާއެކު މެޗުގެ ފުރަތަމަ ހާފުނިމިގެން ދިޔައިރު، ބެލްޖިއަމްގެ ތިންވަނަ ލަނޑުޖަހާ ލީޑު އިތުރަށް ފުޅާކުރީ މެޗު ނިމެން ކައިރިވެފައި ވަނިކޮށް 81 ވަނަ މިނެޓުގައި ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ލުކާކޫއެވެ. މި އީ ލުކާކޫ ގައުމީޓީމަށް ކާމިޔާބު ކޮށްދިން 43 ވަނަ ލަނޑެވެ.
ވޯލްޑް ކަޕްގެ ތިންވަނަ ހޯދި ބެލްޖިއަމް އަށް ކުރިއަށް ދެން އޮތީ ސްވިޒްލެންޑާ ދެކޮޅަށް ކުޅޭ މެޗެކެވެ. އެ މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހުގެރޭ ރާއްޖޭ ގަޑިން 11:45 ގައެވެ.
ޔުއެފާ ނޭޝަންސް ލީގުގައި ހަތަރު ފަންތީގެ ހަތަރު ލީގެއް އޮންނައިރު ކޮންމެ ލީގެއްގައި ހިމެނެނީ ތިން ޓީމު ހިމެނޭ ހަތަރު ގްރޫޕެވެ. އެގޮތުން ބެލްޖިއަމް ލައްވާލާފައިވަނީ މުބާރާތުގެ އެންމެ ވަރުގަދަ ޓީމުތައް ހިމެނޭ ލީގު ކަމަށްވާ އޭ ލީގުގެ ގްރޫޕް ދޭއްގައެވެ. މި ގްރޫޕްގައި ބެލްޖިއަމް އާއި އައިސްލޭންޑުގެ އިތުރުން ދެން ހިމެނެނީ ސްވިޒަލޭންޑެވެ. ސްވިޒަލޭންޑް ވެސް ވަނީ ކުޅުނު ފުރަތަމަ މެޗުން 0-6 އިން އައިސްލޭންޑްގެ މައްޗަށް ކުރިހޯދާފައެވެ. އެހެން ކަމުން މިހާރު އޮތްގޮތުން މި ގްރޫޕުގެ އެއްވަނަ ލިބެނީ ސްވިޒަލޭންޑަށެވެ. އަދި ދެވަނަ ލިބެނީ ބެލްޖިއަމްއަށެވެ. ކުޅުނު ދެމެޗުންވެސް ބަލިވެ ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ އައިސްލޭންޑެވެ.