ސާފް ސުޒުކީ ކަޕް 2018: ނޭޕާލް ކަޓުވާލުމަށްފަހު ރާއްޖެ ފައިނަލަށް

ނޭޕާލް ބަލިކޮށް ސާފް ސުޒުކީ ކަޕްގެ ފައިނަލަށް ދިވެހިރާއްޖެ ދަތުރުކޮށްފިއެވެ.

ބަންގަލްދޭޝްގެ ބަންގުބަންދު ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ނޭޕާލްގެ މައްޗަށް ރާއްޖެއިން ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ.

ނޭޕާލްގެ މައްޗަށް ރާއްޖެއިން ކުރިހޯދާ ފައިނަލުން ފުރުސަތު ހޯދާފައިވާ އިރު، މިއީ ގިނަ އަހަރު ތަކަކަށްފަހު މި މުބާރާތުގެ ފައިނަލުން ރާއްޖެ ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން މި މުބާރާތުގެ ފައިނަލުގައި ރާއްޖެ ކުޅެފައިވަނީ 2008 ވަނަ އަހަރު ރާއްޖެ އަދި ލަންކާގައި ބޭއްވުނު ފާސް ޗެމްޕިއަންޝިޕް މުބާރާތުގައެވެ. އެފަހަރު އެމުބާރާތް ރާއްްޖެއިން ވަނީ ކާމިޔާބު ކޮށްފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިއަދުގެ މެޗުގެ ފުރަތަމަ ފާހުގެ ކުރީކޮޅު ރާއްޖެއިން ރަނގަޅަށް ކުޅެމުންދިޔަކަން ފާހަގަކުރެވުނެވެ. އެގޮތުން ރާއްޖޭގެ ފަރާތުން އެޓޭކް ކުރިތަން ވެސް ފެނިގެން ދިޔައެވެ. މެޗު ފެށިގެން އަށްވަނަ މިނެޓުގައި ރާއްޖެއިން ލީޑު ނެގިއެވެ.  ލީޑުނަގައިދިން ލަނޑު ޖަހާފައިވަނީ ނޭޕާލް އޭރިއާގެ އަރިމަތިން ލިބުނު ހިލޭ ޖެހުން، ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ)އެވެ.  މިއަދުގެ މުޅި މެޗުވެސް ފެނިގެންދިޔައީ ހަމަލާތައް ގިނަ މެޗުއްގެ ގޮތުގައެވެ. ހާއްސަކޮށް މެޗުގެ ފުރަތަމަ ހާފްގައިވެސް އިތުރު ފުރުސަތުތަކެއް ރާއްޖެއަށްވެސް ލިބިފައިވެއެވެ. މެޗުގެ 20 މިނެޓުގައި ފޭދޫ އިއްބެއަށް ފަހި ފުރުސަތެއް ލިބިގެން ދިޔައެވެ. ނޭޕާލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅައަކުން ފޭދޫ އިއްބެ ފޮނުވާލި ހަމަލާ، ނޭޕާލްގެ ޑިފެންޑަރެއް ފައިގައި ޖެހި ބޭރުވީ ބްލޮކްވެގެންނެވެ. އޭގެ އިރުކޮޅެއް ފަހުންވެސް ރާއްޖެއަށް އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ސެންޓޭއަށް އޭރިއާ ތެރެއިން ލިބުނު ހުސް ފުރުސަތު އޭނާއަށް ރަނގަޅަށް ފޮނުވާނުލެވުނީއެވެ.

މެޗުގެ ފުރަތަމަ 20 ވަރަކަށް މިނެޓް ތެރޭގައި ވިދާ ގުގުރުމުގެ ސަބަބުން މެޗު މެދުކަނޑާލަން ޖެހުނެވެ. މެޗުގެ 27 ވަނަ މިނެޓުގައި މެޗު މެދުކަނޑާލާފައިވާ އިރު، މެޗު އަނެއްކާވެސް ފެށީ ބައިގަޑިއިރަށް ފަހުގައެވެ. 

މެޗު އަލުން ފެށުމާއެކު ދެން ފެނުނީ ނޭޕާލްގެ ކުޅުން ރަނގަޅުކޮށް ރާޢްޖޭގެ ގޯލަށް ނުރައްކާކުރިތަނެވެ.  ހާއްސަކޮށް އެޓީމުގެ އެޓޭކަށް ކުޅެމުންދިޔަ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ ސުނިލް ބާލްއާއި ބިމާލް ގާތީ މަގަރުގެ ކުޅުން ފާހަގަކޮށްލެވުނެވެ. ފުރަތަމަ ހާފްގެ ފަހުކޮޅުގައި ނޭޕާލުން ފޮނުވާލި ހަމަލާތަށް ދިފާއުކުރުމުގައި ރާއްޖޭގެ ޑިފެންސް ލައިންގެ އިތުރުން ގޯލްކީޕރު ފައިސަލްގެ މަސައްކަތް ފާހަގަކޮށްލެވުނެވެ.

ދެވަނަ ހާފަށް ނުކުތް އިރު، ރާއްޖެއިން ލީޑުގައި އޮތް ނަމަވެސް، ދެވަނަ ހާފްގެ ކުރީކޮޅުގައި މެޗު ޑޮމިނޭޓްކޮށް ކުޅުނީ ނޭޕާލުންނެވެ. ނަމަވެސް ކައުންޓާ އެޓޭކް ފުރުސަތެއްގައި ރާއްޖެއަށް ރަނުގެ ފުރުސަތެއް ލިބިގެން ދިޔައެވެ. ނާއިޒް ހަސަން (ދާދު) ހުސްކޮށް އޮވެ، އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ ދިފާއުކޮށް ބޭރުކޮށްލީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅޭ ނޭޕާލްގެ ގޯލްކީޕަރު ކިރަން ކުމާރެވެ.

 ރާއްޖެއިން މެޗުގެ ލީޑު ފުޅާކުރީ މެޗުގެ 83 ވަނަ މިނެޓުގައި އިބްރާހީމް ވަހީދު (އިއްބެ) ޖަހައިދިން ލަނޑުންނެވެ. އިއްބެ މި ލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރެ ނޭޕާލްގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އޭގެ އިރުކޮޅެއް ފަހުން އިއްބެގެ އިތުރު ގޯލަކާއެކު ރާއްޖޭގެ ލީޑު އިތުރަށް ފުޅާކޮށް ފައިނަލް ޔަގީން ކުރިއެވެ.

ރާއްޖެއިން ފައިނަލްގައި ވާދަކުރަން ޖެހޭ ޓީމު ޔަގީންވާނީ މިރޭ ޕާކިސްތާނާއި އިންޑިއާ ވާދަކުރާ ސެމީގެ މެޗަށްފަހުގައެވެ. މުބާރާތުގެ ފައިނަލް އޮންނާނީ މިމަހުގެ 15 ވާ ހޮނިހިރު ދުވަހު ހަވީރު ރާއްޖޭ ގަޑިން 6:00 ގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.