ސާފް ސުޒުކީ ކަޕް 2018: ރާއްޖެ އިންޑިޔާއާ ދެކޮޅަށް ކުޅޭ ފައިނަލް މެޗުގައި ދިވެހި ސަޕޯޓަރުންގެ ދައުރު ބޮޑު !

އަންނަ ހޮނިހިރު ދުވަހަކީ ދިވެހީންނަށް ވަރަށް ޙާއްޞަ އަދި ބޮޑު ދުވަހެކެވެ. މި ދެންނެވިހެން އެ ދުވަސް ޙާއްޞަ ވެފަ ބޮޑު ދުވަހަކަށް ވީ އަހަރެމެން އެންމެގެ ލެޔާ ގުޅިފައިވާ އަހަރެމެންގެ ގައުމީ ފުޓްބޯޅަ ޓީމް މިފަހަރުގެ ސާފް ސުޒުކީ ކަޕްގެ ފައިނަލް ގައި އަވަށްޓެރި އިންޑިޔާއާ ދެކޮޅަށް ކުޅޭ ދުވަހަށް ވާތީއެވެ. އެހެންކަމުން އެދުވަހު މުޅި ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން އަދި ކޯޗުގެ ވެސް އެންމެ ބޮޑު އެދުމަކީ، ރާއްޖޭގެ ލޮބުވެތި އެންމެ ހާ ސަޕޯޓަރުން ޓީމާއެކުގައި ވުމެވެ.

މިމަހުގެ 15 ވާ ހޮނިހިރު ދުވަހު ދިވެހި ޤައުމީޓީމު ނުކުންނާނީ، 2008 ވަނަ އަހަރުގެ އުފާތަށް ތަކުރާރު ކުރުމަށް ސާފް ޗެމްޕިއަންޝިޕް ޓްރޮފީ ދެވަނަ ފަހަރަށް އުފުލައިލުމުގެ ފޮނިއުންމީދުގައެވެ. ބަންގުލަދޭޝްގެ ވެރިރަށް ދާކާގެ ބަންގްބަންދު ސްޓޭޑިއަމްގައި ކުޅޭ މި މެޗަށް ނުކުންނައިރު ޓީމު އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. ހުރިހާ ކުޅުންތެރިންވެސް ތިބީ މި މެޗުން މޮޅުވެ ތަށި ހިފައިގެން ގައުމަށް އައުމަށް ކެއްމަދުވެފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ދިވެހި ޓީމު ވަރުގަދަ އިންޑިޔާއާ ދެކޮޅަށް  ކުޅޭ ފައިނަލް މެޗަށް ނުކުންނައިރު ހަމަ ކޮންމެ ދިވެއްސެއްގެވެސް ފޮނި އުންމީދުތަކެއް ވާނެއެވެ. ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ގެވެސް އުންމީދެއް ވާނެއެވެ. އެގޮތުން ބައްސާމް ވެސް ވިދާޅުވީ، އަހަރެމެންގެ ޓީމު އިންޑިޔާއާ ދެކޮޅަށް ކުޅޭ ފައިނަލް މެޗުން މޮޅުވެ ގައުމު ފަޚުރުވެރިކުރުވާނޭ ކަމުގެ ފުރިހަމަ އުންމީދު އެބައޮތް ކަމަށާއި ހުރިހާ ދިވެހިންވެސް ކާމިޔާބީއަށް އެދި ދުޢާކޮށްދިނުމަށެވެ.

ބައްސާމް ވިދާޅުވީ ހޮނިހިރު ދުވަހު ކުޅޭ ފައިނަލް މެޗުން މޮޅުވެ ސާފް ސުޒުކީ ކަޕްގެ ތަށި ދެވަނަ ފަހަރަށް  ހޯދުމަށް އެޓީމުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށާއި ހުރިހާ ދިވެހިންގެ ވެސް އުންމީދަކަށް ވާނީ ވެސް އެއީކަމަށެވެ.

މީގެ 10 އަހަރު ކުރިން އިންޑިއާ ބަލިކޮށް، ލަންކާގެ ފަސްގަނޑުގައި ދިވެހީން އުފުލައިލި ސާފް ޗެމްޕިއަން ތަށި އަލުން އަނބުރާ މިގައުމަށް ގެނައުމުގެ ފޮނި އުންމީދާއެކު މިމަހުގެ 15 ވަނަ ދުވަހު ޓީމު ނުކުންނައިރު ދިވެހި ލޮބުނެތި ރައްޔިތުންގެ ސަޕޯޓު މުހިންމެވެ.

ޤައުމުން ބޭރުގައި ދިވެހި ޓީމު ކުޅުނު ނަމަވެސް ގައުމީ ޓީމާއެކު ދިވެހި ސަޕޯޓަރުން ތިބުން ވަރަށް މުހިއްމެވެ. އެގޮތުން ގައުމުން ބޭރުގައި ޓީމު ކުޅުނު ނަމަވެސް ލައިވްކޮށް މެޗު ބަލަމުން ދާއިރުވެސް ސަޕޯޓަރުންނަށް ކުރެވޭނޭ ބައިވަރު ކަންތައްތައް ހުންނާނޭކަން ޔަގީނެވެ. އެކަން ވަނީ 2008 ވަނަ އަހަރުވެސް ސާބިތުކޮށްދީފައެވެ.

މިފަހަރު ގައުމީ ޓީމާއެކު ބަނގުލަދޭޝަށް ގޮސްތިބި ”ސާފް ޗެމްޕިއަންޝިޕް ކޮމިޓީ“ގެ މެންބަރުންގެވެސް އެދުމަކަށް ވާނީ ހަމަ މިއެދުންކަން ޔަގީނެއެވެ.

މާތް ﷲގެ އިރާދަފުޅުން އަހަރެމެންގެ ގައުމީ ފުޓްބޯޅަ ޓީމު މިމަހުގެ 15 ވާ ހޮނިހިރު ދުވަހު އިންޑިޔާއާ ދެކޮޅަށް ކުޅޭ ފައިނަލް މެޗުން ކާމިޔާބި ހޯދާ ދެވަނަ ފަހަރަށް ދިވެހި ރަސްގަނޑުގައި ތަށި ބަހައްޓާލެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑެވެ.  މިއީ އަހަރެމެން ކޮންމެ ދިވެއްސެއްގެ ވެސް ހިތުގެ އެންމެ ފުންމިނުން ކުރާނޭ ދުއާއެވެ. ދިވެހި ޒުވާން ފުޓްބޯޅަ ޓީމުން މި ދިވެހިރާއްޖެއަށް އަނެއްކާވެސް ފުޓްބޯޅައިގެ ބޮޑު ޢީދެއް ގެނެސްދިނުމަށް އެންމެ އެކުގައި ދުއާކޮށް އަތުގުޅައިލަމާ ހިނގާށެވެ.

ސާފް ސުޒުކީ ކަޕް 2018 ގައި ރާއްޖެ އިންޑިޔާއާ ދެކޮޅަށް ކުޅޭ ފައިނަލް މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ރާއްްޖޭ ގަޑިން 6:00 ގައެވެ.  މި މެޗު ރާއްޖޭގެ ޤައުމީ ޓީވީން ވަގުތުން ދައްކާއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.