ވަރުގަދަ އިންޑިޔާ ބަލިކޮށް ސާފް ސުޒުކީ ކަޕްް ރާއްޖެ އިން ކާމިޔާބުކޮށްފި

2-1 އިން ވަރުގަދަ އިންޑިޔާ ބަލިކުރުމަށްފަހު ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތް ރާއްޖެ އިން ކާމިޔާބުކޮށްފިއެވެ.

ބަނގިލަދޭޝްގެ ބަންގްބަންދް ސްޓޭޑިއަމްގައި ކުޅުނު މިމެޗު ފެށިގެން އައީ ދާދި ހަމަހަމަ ކުޅުމަކާއެކުގައެވެ. އެހެން ނަމަވެސް މެޗުގެ 18 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ނާއިޒް ހަސަން (ދާދު) ގެ އެހީތެރިކަމާއި އެކު އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފުރަތަމަ ހާފް ރާއްޖެއިން ކުރީގައި އޮވެ ނިންމާލި އިރު، ދެވަނަ ހާފްގައި ރާއްޖެއިން ބޮޑަށް ވިސްނީ ކައުންޓާ އެޓޭކް ކުރުމަށެވެ. އިންޑިއާގެ ޒުވާން ހަލުވި ފޯވަޑްލައިން ހިފެހެއްޓުމުގައި ރާއްޖޭގެ ޑިފެންސުން މޮޅު ކުޅުމެއް ދައްކާފައިވާ އިރު، ރާއްޖެއިން ބޭނުން ކުރީ ކުރިއަށް ކުޅޭ ހަލުވި ކުޅުންތެރިންގެ ސްޕީޑެވެ.

ކައުންޓާ އެޓޭކް ފުރުސަތުގައި ރާއްޖެއިން ލީޑު ފުޅާކުރީ މެޗުގެ 65 މިނެޓުގައި ހަމްޒީ މުހައްމަދު (ހަމްޕު)ގެ އެހީތެރިކަމާއި އެކު ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އެވެ. މި ލަނޑާއެކު ރާއްޖޭގެ ޓީމުން ހަމަޖެހިލުމާއި އެކު ރާށްޖޭގެ ފަރާތުން ފެނިގެން ދިޔައީ ޑިފެންސަށް ސަމާލުކަން ދީގެން ކުޅެމުން ދިޔަތަނެވެ. އިންޑިޔާއިން މި މެޗުގައި ޖެހި ހަމަ އެކަނި ލަނޑު މެޗުގެ އިތުރު ފަސްމިނެޓުގައި ކާމިޔާބުކުރީ ސުމީތު ޕަސީއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.