ޔޫއެފާ ޗެމްޕިއަންސް ލީގަށް ތައްޔާރުތޯ ؟

ޔޫރަޕުގެ ފުޓްބޯޅަ މުބާރާތްތަކުގެ ތެރެއިން އެންމެ ޝަރަފުވެރި އަދި ގިނަ ބަޔަކު ފޯރިއާ އެކު ބަލާ މުބާރާތަކީ ޗެމްޕިއަންސް ލީގެވެ. އެންމެ ޝަރަފުވެރި ކުލަބު މުބާރާތް މިރޭ އަލުން މި ފަށަނީ ހުސްވި ސީޒަނަށްވުރެ ފޯރިގަދަ ކުލަތަކަކާއި ވާދަވެރިކަމަކާއެކުގައެވެ.

ޓީވީ ރައިޓްސް އާއި ސްޕޮންސާޝިޕްގެ އަގު އަރައިދިއުމާއެކު ސްޕެއިންގެ މެޑްރިޑްގައި ކުޅޭ ފައިނަލާ ހަމައަށް ދަތުރުކޮށް ތަށި އުފުލާލާ ޓީމަކަށް 57.2 މިލިއަން ޔޫރޯ ލިބޭނެ މަގު ޔޫއޭފާއިން ވަނީ ފަހިކޮށްދީފައެވެ. މިފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވި ކޮންމެ ޓީމަކަށް 488 މިލިއަން ޕައުންޑް ލިބިގެންދާ މި މުބާރާތުގެ ގްރޫޕް ފިޔަވަހީގެ މެޗަކުން މޮޅުވާ ޓީމަކަށް 2.7 މިލިއަން ޕައުންޑް ލިބޭނެއެވެ. އެއްވަރުވާ މެޗަކަށް ކޮންމެ ޓީމަކަށް ލިބޭނީ ފަސްލައްކަ ޔޫރޯއެވެ. މުބާރާތުގެ ދެ ވަނަ ބުރަށްދާ ކޮންމެ ޓީމަކަށް 9.5 މިލިއަން ޕައުންޑް ލިބޭއިރު ކުއާޓާ ފައިނަލް ކުޅޭ ކޮންމެ ޓީމަކަށް 10.5 މިލިއަން ޕައުންޑް ލިބޭނެއެވެ. އަދި ސެމީ ފައިނަލް ކުޅޭ ކޮންމެ ޓީމަކަށް 12 މިލިއަން ޕައުންޑް ލިބޭނެއެވެ. އަދި ފައިނަލް ކުޅޭ ދެޓީމުން ކުރެ ކޮންމެ ޓީމަކަށް 15 މިލިއަން ޕައުންޑް ލިބޭނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޔޫއޭފައިން ހަމަޖައްސާފައިވަނީ މުބާރާތުގެ ޗެމްޕިއަން ޓީމަށް 19 މިލިއަން ޕައުންޑް ދިނުމަށެވެ. އަދި ދެވަނަ ޓީމަށް ލިބޭނީ 15 މިލިއަން ޕައުންޑަށެވެ.

މި އަމާޒަކަށް ދަތުރުކުރުމަށް 32 ޓީމާއެކު މިރޭ މުބާރާތް ފަށާއިރު މިފަހަރު  އެންމެ ގިނަބައެއްގެ ފެވަރިޓުންނަކީ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއެވެ. މީގެ ކުރިން ގިނަބައެއްގެ ފެވަރިޓުންގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން އޮތީ ސްޕެއިންގެ ރެއާލް މެޑްރިޑެވެ. އެހެން ނަމަވެސް ރެއާލްގެ ތަރި ރޮނާލްޑޯ މިފަހަރުގެ ސީޒނުގައި ރެއާލް ދޫކޮށް އިޓަލީގެ ޔުވެސްޓަސްއަށް ބަދަލުވުމާއި ގުޅިގެން މިފަހަރުގެ މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ބެލެވިފައިވަނީ ޔުވެންޓަސްއެވެ.  1905 ވަނަ އަހަރުން ފެށިގެން މިހާތަނަށް 36 ފަހަރު އިޓަލީ ލީގު ކާމިޔާބު ކޮށް، ދެފަހަރު ޗެމްޕިއަންސް ލީގު ހޯދާފައިވާ ޔުވެންޓަސް މި ފަހަރު ނުކުންނަނީ ތިން ވަނަ ފަހަރު ތަށީގައި ބީހިލަން ކެތްމަދުވެފައި ތިބެގެންނެވެ.

މި އުފަލާ ހަމައަށް ވާސިލް ވުމަށް ކޯޗު މަސިމިލއާނޯ އެލެގްރީ އަށް ލިބިފައިވަނީ ކޯޗަކަށް ލިބޭނެ އެންމެ ފައްކާ ސްކޮޑެވެ. ތަޖުރިބާކާރު މޮޅު އެތައް ކުޅުންތެރިންނަކާއެކު ފުރަތަމަ 11 ގެ ވާދަވެރިކަން ބޮޑުކޮށްދެނީ ސްރިސްޓިއާނޯ ރޮނާލްޑޯ އާއި ޕައުލޯ ޑިބާލާ، މަންޒުކިޗް ފަދަ ތަރިންނެވެ.

މިފަހަރުގެ މުބާރާތުގައިވެސް ތަރިން ގިނަ ވަރުގަދަ ސްކޮޑްތަށް ހިމެނޭ ޓީމުތަށް އެބަ އޮތެވެ. އެގޮތުން ފާހަގަ ކޮށްލެވޭ އެއްޓީމަކީ ދުނިޔޭގެ ރެކޯޑް އަގަކަށް ބްރެޒިލްގެ ނޭމާ ގެންދިޔަ ފްރާންސްގެ ޕީއެސްޖީ އެވެ. ޕީއެސްޖީއަށް ބަލާއިރު، ނޭމާ އަދި ފްރާންސްގެ ކޭލިއަން އެމްބާޕޭ އިތުރުން އެޑިންސަން ކަވާނީ ފަހަތުން ވެސް އޮތީ ތަރިންގެ ސްކޮޑެކެވެ. ބެންޗުވެސް އެހާމެ ވަރުގަދައެވެ. ނަމަވެސް ޕީއެސްޖީ ޓެސްޓް ކޮށްލެވޭނީ އަދިވެސް ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި ޗެމްޕިއަންސް ލީގުންނެވެ. އެކަމަކު އެމީހުންނާއި އަހަރުމެންގެ ހަނދާނުގައި ވެސް އެންމެގާތުގައިވާ މެޗަކީ ހުސްވި ސީޒަނުގައި ރެއާލް މެޑްރިޑް އަތުން ޕީއެސްޖީ ބަލިވެދިޔަ ގޮތުގެ ހިތްދަތި ހަނދާންތަކެވެ.

މިހެންވެ ނޭމާ ނެތަސް ބާސެލޯނާ އަކީ އަދިވެސް ފެވަރިޓެއްކަމަށް ގަބޫލުކުރާ ކޯޗުންނާއި ކުޅުންތެރިން އެހާމެގިނައެވެ. ސްޕެއިންގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑަކީވެސް މިފަހަރު ތައްޓަށް ވާދަކުރާނެ ވަރުގަދަ ތަރިންގިނަ ދެ ޓީމެކެވެ.

ތާރީހީ ޗެމްޕިއަންސް ލީގަކަށް މިފަހަރުގެ މުބާރާތް ވެގެންދަނީ ޔުނައިޓެޑް ކިންގްޑަމްގެ ހަ ޓީމު ވާދަކުރާތީވެއެވެ. އެއީ މެންޗެސްޓާގެ ދެޓީމު ކަމަށްވާ ޔުނައިޓެޑާއި ސިޓީ އަދި ޓޮޓެންހަމް އާއި ލިވަޕޫލް އެވެ. މި ފަސް ޓީމަކީ އިނގިރޭސި ޓީމުތަކެވެ. މިއީ އިނގިރޭސި ފަސް ޓީމެއް މި މުބާރާތުގައި ވާދަކުރާ ދެވަނަ ފަހަރެވެ.

އިނގިރޭސި ޓީމުތަކުގެ ތެރެއިން ލިވަޕޫލަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެކަމަކު 2005 ގައި ތަށި ހޯދި ފަހުން ލިވަޕޫލްގެ ނެވަވޯލް އެލޯންގެ އަޑުވަނީ ފަނޑުވެގެންގޮސްފައެވެ. ޔުނައިޓެޑް ސީދާ ތައްޓަށް އަމާޒު ހިފާފައިވާއިރު ޕެޕް ގާޑިއޯލާ ހުރުމުން ސިޓީގެ އުއްމީދަކީ ވެސް ތަށި ނޫން ދެވަނަ އެއްޗެއްނޫނެވެ. ޗެލްސީގެ ވިދުން އަދި ފަނޑުކޮށް ފެނުނަސް އެމީހުން ގަބޫލުކުރާ ގޮތުގައި އިނގިރޭސީންގެ އުއްމީދުތައްވަނީ އެމީހުންނާއެކުގައެވެ.

މިރޭ ޗެމްޕިއަންސް ލީގުގެ އާ ސީޒަން ފެށިގެން ދާއިރު، މިރޭ މި މުބާރާތް ހުޅުވިގެންދާނީ ސްޕެއިންގެ ވަރުގަދަ ބާރު ބާސެލޯނާ އަދި ނެދަލެންޑްސްގެ ޕީއެސްވީގެ މެޗުންނެވެ. މިރޭ ކުޅޭ މެޗުތަކަށް ބަލާއިރު :

ބާސެލޯނާ ޕީއެސްވީ ބައްދަލުކުރާ މެޗު މިރޭ ރާއްޖޭ ގަޑިން 21:55 ގައި

އިންޓަމިލާން އަދި ޓޮޓެންހަމް ބައްދަލުކުރާ މެޗު  21:55 ގައި

ކުލަބު ބްރޫޖް އަދި ޑޯޓްމުންޑް ބައްދަލުކުރާ މެޗު މިރޭ ދަންވަރު 12:00 ގައި

އެރތްލެޓިކޯ މެޑްރިޑް އަދި މޮނާކޯ ބައްދަލުކުރާ މެޗު  މިރޭ 12:00 ގައި

ލިވަޕޫލް އަދި ޕީއެސްޖީ ބައްދަލުކުރާ މެޗު މިރޭ ދަންވަރު 12:00 ގައި

ނަޕޯލީ އަދި ކްރެޒްނާ ސްވެޒްޑާ ބައްދަލުކުރާ މެޗު މިރޭ ދަންވަރު 12:00 ގައި

ލޮކޮމޯޓިވް މޮސްކޯ އަދި ގަލަސަތްރާއީ ބައްދަލުކުރާ މެޗު މިރޭ ދަންޗަރު 12:00 ގައި

ޝާލްކޭ އަދި ޕޯޓޯ ބައްދަލުކުރާ މެޗު މިރޭ ދަންވަރު 12:00 ގައި

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.