ދިރާގު ރޯޑު ރޭހަށް ބޮޑު ތަރުހީބެއް، ހުރިހާ ޖާގައެއް ފުލްވެއްޖެ

މިއަހަރުގެ ނޮވެމްބަރު މަހު ބޭއްވުމަށް ނިންމާފައިވާ ދިރާގު ރޯޑު ރޭހުގެ ހުރިހާ ޖާގައެއް ފުލްވެއްޖެއެވެ.

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ މުއާސަލާތީ ޚިދުމަތްދޭ ކުންފުނި ދިރާގުން ބާއްވަމުން އަންނަ މި ރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލިތާ އެންމެ 48 ގަޑިއިރުގެ ތެރޭގައި ހުރިހާ ޖާގައެއް ވަނީ ފުލްވެފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފައިބެއަހަރުތަކާއި ޚިލާފަށް މިއަހަރުގެ ރޭހުގައި 4000 މީހުންނަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ. ފައިބެއަހަރުތަކުގައި ބައިވެރިކޮށްފައިވަނީ 3000 މީހުންނެވެ.

ދިރާގުން ބުނީ އެހެން އަހަރުތަކުގައި އެންމެ އަވަހަށް ޖާފަތައް ފުލްވެފައިވަނީ 72 ގަޑިއިރުގެ ތެރޭގައި ކަމަށެވެ. އެހެންކަމުން މިއީ ފާހަގަކުރަންޖެހޭ އަހަރެއް ކަމަށާއި ލިބުނު ތަރުހީބަށް އުފާކުރާ ކަމަށެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭސް  އެކުންފުނިން ބާއްވާ މިއީ 12 ވަނަ އަހަރެވެ. މިއަހަރުގެ ރޭސް ބޭއްވުމަށް ނިންމާފައިިވަނީ ނޮވެމްބަރ މަހުގެ 2 ވާ ހުކުރު ދުވަހުއެވެ.

ޢުމުރުން 7 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް މި ރޭހުގައި ބައިވެރިވެވޭ އިރު، ރޯޑު ރޭސް އޮންނަ ދުވަހަށް 7 އަހަރު ފުރޭ ކުދިންނަށްވެސް މިފަހަރު މި އަހަރުގެ ދުވުމުގައި ބައިވެރިވެވޭގޮތަށް ވަނީ ނިންމާފައެވެ.

އެންމެފުރަތަމަ މި ރޭސް ފުރަމާލޭގައި ބޭއްވިނަމަވެސް، މިހާރު ބާއްވަނީ ހުޅުމާލޭގައެވެ. އެގޮތުން މިއަހަރުގެ ރޭސްވެސް އޮންނާނީ ހުޅުމާލޭގައެވެ.

މި ރޭހުން ލިބޭ ފައިސާ ރާއްޖޭގެ މަދަނީ ޖަމިއްޔާތަކަށް ހަދިޔާކުރުމަށް ނިންމާފައިވާ އިރު، ދިރާގުން ބުނީ ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާތަކަށް އިސްކަންދޭނެ ކަމަށެވެ. އަދި އަމިއްލަ ޖަމިއްޔާތަކުން އެ ޖަމިއްޔާގެ ތަޢާރަފަކާއި ކުރިއަށް އޮތް 12 މަސްދުވަހު އެ ޖަމިއްޔާއިން ކުޑަކުދިންގެ ޙައްޤުތަކަށް ކުރަން ރާވާފައިވާ މަސައްކަތް ހިމެނޭ ލިޔުމެއް މި މަހު 23 ކުރިން ދިރާގަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

މިދިޔަ ދެ އަހަރު މި ހަރަކާތުގައި 8 ޖަމިއްޔާއަކުން ބައިވެރިވިއެވެ. އަދި މި ހަރަކާތުން ލިބުނު ދެ މިލިއަން ރުފިޔާ ދިރާގުން ވަނީ އެޖަމިއްޔާތަކަށް ހަދިޔާކޮށްފައެވެ.

މި ރޭހުގައި ބައިވެރިވާ މީހުނަށް ދޫކުރާ ޓީޝާޓު އެހެން އަހަރުތަކުގައި 50 ރުފިޔާއަށް ވިއްކަމުން އައިނަމަވެސް މިއަހަރުގެ ޓީޝާޓުގެ އަގަކީ 100 ރުފިޔާއެވެ.

މިއީ 5 އަދި 10 ކިލޯ މީޓަރުގެ ދުވުން އޮންނަ ރޭހަކަށްވާ އިރު، މި ދެ ގިންތީގެވެސް އެންމެ ފުރަތަމަ ނިންމާ ފަރާތަކަށް ދޭ މެޑަލްއަށްވެސް މި އަހަރު ވަނީ ބަދަލު ގެނެސްފައެވެ. ކުރިން މި ދެ ގިންތިންވެސް އެންމެ ފުރަތަމަ ނިންމާ ފަރާތަކަށް ދެނީ އެއް މެޑަލްއެކެވެ. އެކަމަކު މި އަހަރު މި ދެ މެޑަލް އާ ޑިޒައިނަކާއެކު ވަނީ ދެ މެޑަލްގެ ގޮތުގައި ވަކިކޮށްފައެވެ.

މި ރޭހުގެ ބައިވެރިންނަށް ކިޓް ދޫކުރުން އޮންނާނީ އޮކްޓޯބަރު 28 އަދި 29 ވަނަ ދުވަހު ކަމަށްވެސް ކުރިން ވަނީ ދިރާގުން ބުނެފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.