ތިލަފުށީ ބޭރުގައި އޮތް ބާޖެއްގައި އަލިފާން ރޯވެއްޖެ

މާލެ އަތޮޅު ތިލަފުށީ ބޭރުގައި އޮތް ބާޖެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެ އިދާރާއިން ބުނީ އަލިފާން ރޯވިކަމުގެ ޚަބަރު ލިބުނީ މިއަދު ހެނދުނު 07:53 އެހާކަންހާއިރު ކަމަށެވެ. އަދި އަލިފާން ރޯވެފައިވަނީ ’ސަން ޓޫނާ‘ ނަމަކަށް ކިޔާ ބާޖެއްގައި ކަމަށެވެ.

އިޝްތިހާރު full width ad 1200 x 150

މި ބާޖަކީ ކަންނެލި މަސްވެރިކަންކުރާ ދޯނިތަކުން މަސްކިރުވުމަށާއި އައިސް ދޫކުރާ ބާޖެއް ކަމަށާއި އަލިފާނުގެ ހާދިޘާ ހިނގި އިރު، އެ ބާޖުގައި 20 މީހުން ތިބިކަމަށާއި އެ އެންމެންވެސް ޕޮލިސް ލޯންޗަކަށް ނަގާފައިވާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

MNDF 2
Photo: MNDF

އެމްއެންޑީއެފް އިން ބުނީ އަލިފާންގަނޑު ކޮންޓްރޯލު ކުރުމަށް އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ނަމަވެސް އަދިވެސް އަލިފާންގަނޑު ކޮންޓްރޯލު ނުވާކަމަށެވެ. އަދި އެބާޖުގައި ’އެމޯނިއާ ގޭސް‘ ގިނަ ޢަދަދަކަށް ހުރިކަމުގެ މަޢުލޫމާތުވެސް ލިބިފައިވާ ކަމަށްވެސް ބުންޏެވެ.

އެ އިދާރާއިން ބުނީ އަލިފާންގަނޑުގެ 80 އިންސައްތަ ކޮންޓްރޯލު ކުރެވިފައިވާ ކަމަށާއި އަލިފާންގަނޑު ކޮންޓްރޯލު ކުރުމަށް ދަތިވެ، ގިނަ ވަގުތު ނަގަނީ އެމީނިއޯ ގޭސް ހުރުމުން ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.