އަލްއަޒްހަރު ޔުނިވަރިސިޓީގެ ތަމްރީނު ކޯހެއްގައި ބައިވެރިވުމަށް ދިވެހި 08 އިމާމަކު މިޞްރަށް ފުރައިފި

އަލްއަޒްހަރު ޔުނިވަރިސިޓީގެ ތަމްރީނު ކޯހެއްގައި ބައިވެރިވުމަށް ދިވެހި 08 އިމާމުން މިޞްރަށް ފުރައިފިއެވެ.

އިމާމުންނާއި ވާއިޡުންގެ ނަފުސު ކުރިއަރުވާނެ ގޮތްތައް ދެނެގަނެ، މުޖުތަމަޢުގައި ދިމާވާ ދީނީ އަދި އިޖުތިމާޢީ އެކިއެކި މައްސަލަތަކާއި ގޮންޖެހުންތައް ހައްލުކުރާނެ ގޮތްތައް މިކޯހުގައި ކިޔަވައިދޭނެއެވެ.

އިޝްތިހާރު full width ad 1200 x 150

އިމާމުންނާއި ވާއިޡުން ތަމްރީނުކުރުމަށް 02 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިކޯސް ފެށުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ.

ކުލާހަށް ހާޟިރުވެގެންނާއި މިސްކިތްތަކަށް ޒިޔާރަތްކޮށްގެން ޢަމަލީ އަދި ފަންނީ ތަޖުރިބާ ލިބޭނޭ ގޮތަށް ކިޔަވައިދޭ މިކޯހުގައި ބައިވެރިވާ ދިވެހި ދަރިވަރުންގެ ހުރުމާއި ކެއުމުގެ އިންތިޒާމު އަލްއަޒްހަރު ޔުނިވަރސިޓީއިން ހަމަޖައްސައިދެއްވާއިރު، ޕޮކެޓްމަނީ ހަމަޖައްސައި ދެއްވަނީ ދިވެހި ދައުލަތުންނެވެ.

30 ޑިސެމްބަރު 2018 ގެ ނިޔަލަށް ކުރިއަށްދާ މިކޯހަށް ބައިވެރިން ހޮވާފައިވަނީ ޢާންމުކޮށް އިޢުލާނުކުރުމަށްފަހު ކުރިމަތިލީ ފަރާތްތަކުގެ މެދުގައި އިންޓަރވިއު ކޮށްގެންނެވެ.

އިސްލާމީ އެކި ޤައުމުތަކުން މިފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ފުރުޞަތު ދިވެހިރާއްޖެއަށް ދެމުންދާއިރު، 2017 ވަނަ އަހަރު ވެސް 11 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއްގައި 12 ބޭފުޅަކު ސަޢުދީ އަރަބިއްޔާއަށް ގޮސްފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.