ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި ގުޅޭގޮތުން ބޭއްވި ޕޯސްޓަރު ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް ބޭއްވި ޕޯސްޓަރު ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން 2018 ވަނަ އަހަރުގެ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ބޭއްވި މި މުބާރާތުގެ ނަތީޖާ ފާޅުކުރީ އެކަމަށްޓަކައި އެ މިނިސްޓްރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އިޝްތިހާރު full width ad 1200 x 150

މި މުބާރާތުން ވަނަތަކަށް ހޮވުނު ދަރިވަރުންނަށް އިނާމް ޙަވާލްކޮށްދެއްވީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ މިނިސްޓަރ އޮފް ސްޓޭޓް ޢަބްދުﷲ މަޖީދާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ މިނިސްޓަރ އޮފް ސްޓޭޓް އަޙުމަދު ޝަފީޢު އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޑިރެކްޓަރ ޖެނެރަލް އައިޝަތު ސާދު އަދި ޔުނައިޓެޑް ނޭޝަންސް (ޔޫ.އެން) ގެ ރެޒިޑެންޓް ކޯޑިނޭޓަރ އަދި ޔޫ.އެން.ޑީ.ޕީ ގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް މިސް ޝޯކޯ ނޯޑާ އެވެ.

މި ޙަފްލާގައި ޔޫ.އެން.ޑީ.ޕީ އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ގުޅިގެން ތައްޔާރުކުރި ”އެސް.ޑީ.ޖީސް ކޮމިއުނިކޭޝަން ސްޓްރެޓަޖީ ވަނީ ލޯންޗުކޮށްފައެވެ. މި ސްޓްރެޓަޖީ ލޯންޗުކޮށްދެއްވީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ މިނިސްޓަރ އޮފް ސްޓޭޓް ޢަބްދުﷲ މަޖީދެވެ.

”ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުން، އަހަރެންގެވެސް ޒިންމާއެއް!!“ މި މަޢުޟޫޢަށް ޚާއްސަ ކޮށްގެން ބޭއްވި ޕޯސްޓަރ ކުރެހުމުގެ މުބާރާތުގެ މަޤުސަދުތަކަކީ އ.ދ ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ ބެހޭގޮތުން ދަރިވަރުން ހޭލުންތެރި ކުރުވުމާއި މި ލަނޑުދަނޑިތަކުގެ މުހިއްމުކަން ކުދިންނަށް އަންގައިދިނުމާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ކުދިންގެ އާންމު ދިރިއުޅުމާއި ގުޅޭ މިންވަރު ދެނެގަތުމެވެ. އަދި މި ލަނޑުދަނޑިތައް ހާސިލުކުރުމަށް ސްކޫލް ކުދިންނަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިކަން ދެނެގަތުމާއި މި ލަނޑުދަނޑިތަކާ ގުޅޭ ޝުޢޫރުތައް ފަންނުވެރި ގޮތަކަށް ފާޅުކުރުމަށް ކުދިންނަށް ފުރުޞަތު ދިނުމެވެ.

ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގައި ރާއްޖޭގެ 43 ސްކޫލަކުން 500 އަށްވުރެ ގިނަ ޕޯސްޓަރ ހުށަހަޅާފައިވެއެވެ. 4 ކެޓަގަރީ އަކަށް ބަހާލައިގެން ބޭއްވި މި މުބާރާތުގައި ގްރޭޑް 1-3، ގްރޭޑް 4-6، ގްރޭޑް 7-9، އަދި ގްރޭޑް 10-12 އެވެ. ކޮންމެ ކެޓަގަރީ އަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ވަނީ ހޮވާފައެވެ.

ގްރޭޑް 1-3 ކެޓަގަރީ އިން 1 ވަނައަށް ހޮވިފައިވަނީ މަރަދޫ ސްކޫލުގެ ދަރިވަރު އާމިނަތު އަފްޝީން އާރިފް އެވެ. މި ކެޓަގަރީއިން 2 ވަނަ އަމީނިއްޔާ ސްކޫލުގެ ދަރިވަރު އައިޒާ އަޙްމަދު ލިޒާން ހޯދި އިރު، 3 ވަނައަށް ހޮވިފައިވަނީ ކަލާފާނު ސްކޫލުގެ ދަރިވަރު އާދަމް ކައިސަން ޒާހިދެވެ.

ގްރޭޑް 4-6 ކެޓަގަރީ އިން 1 ވަނައަށް ހޮވިފައިވަނީ ޖަމާލުއްދީން ސްކޫލުގެ ދަރިވަރު ފާތިމަތު ޖައިޝާ އާސިމް އެވެ. 2 ވަނަ ޖަމާލުއްދީން ސްކޫލުގެ ދަރިވަރު އިޔާލް ހުސައިން ފަޔާޒް އެވެ. އަދި މި ކެޓަގަރީއިން 3 ވަނައަށް ހޮވިފައިވަނީ އަމީނިއްޔާ ސްކޫލުގެ ދަރިވަރު މަރިޔަމް ޝާރަތް ޝަރީފެވެ.

ގްރޭޑް 7-9 ކެޓަގަރީ އިން 1 ވަނަ އަމީނިއްޔާ ސްކޫލުގެ ދަރިވަރު މަރިޔަމް ޝައިހާ އަޙްމަދު ހޯދި އިރު، މި ކެޓަގަރީއިން 2 ވަނައަށް ހޮވިފައިވަނީ އ.ދ ދިގުރަށު ސްކޫލުގެ ދަރިވަރު ޙައްވާ އަނޫޝާ އެވެ. އަދި މި ކެޓަގަރީއިން 3 ވަނައަށް ހޮވިފައިވަނީ ޣާޒީ ސްކޫލުގެ ދަރިވަރު މުޙައްމަދު އަބްޔަން މަހުދީ އެވެ.

ގްރޭޑް 10-12 ކެޓަގަރީ އިން 1 ވަނައަށް ހޮވިފައިވަނީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ޢާއިޝަތު ޞަބާ އެވެ. މި ކެޓަގަރީއިން 2 ވަނައަށް ހޮވިފައިވަނީ އިސްކަންދަރު ސްކޫލުގެ ދަރިވަރު ނާއިޙް މުޙައްމަދު ސާލިޙް އެވެ. އަދި މި ކެޓަގަރީއިން 3 ވަނައަށް ހޮވިފައިވަނީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު އާމިނަތް އައިޝް ޙުސައިނެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ޕޯސްޓަރަކަށް ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ޢާއިޝަތު ޞަބާ ހުށަހެޅި ޕޯސްޓަރު ހޮވިފައިވާ އިރު، މުޅި މުބާރާތުން 2 ވަނައަށް ހޮވިފައިވަނީ އަމީނިއްޔާ ސްކޫލުގެ ދަރިވަރު މަރިޔަމް ޝައިހާ އަޙްމަދު ހުށަހެޅި ޕޯސްޓަރެވެ. އަދި 3 ވަނައަށް ހޮވިފައިވަނީ ޖަމާލުއްދީން ސްކޫލުގެ ދަރިވަރު ފާތިމަތު ޖައިޝާ އާސިމް ހުށަހެޅި ޕޯސްޓަރެވެ.

”އެސް.ޑީ.ޖީސް ކޮމިއުނިކޭޝަން ސްޓްރެޓަޖީ އެންޑް އެކްޝަން ޕްލޭން 2019-2023“ އެއް އެކުލަވާލުމުގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑިދަނޑިތަކާއި ގުޅޭގޮތުން އާންމުންނާއި ސިޔާސަތުތައް އެކަށައަޅާ ފަރާތްތަކާއި މީޑިއާ އަދި ޕްރައިވެޓް ސެކްޓަރ އާއި ޖަމުޢިއްޔާ ޖަމާޢަތްތައް އަދި ތަރައްޤީގެ އެހެނިހެން ބައިވެރިން ހޭލުންތެރި ކުރުވުން ހިމެނެއެވެ. އަދި 2030 އަންނަންވާއިރަށް މި ލަނޑުދަނޑިތައް ޙާޞިލް ކުރުމަށް ކަމާއިގުޅޭ ދާއިރާތަކުގެ މެދުގައި ގުޅުންބަދަހިކޮށް، މި ލަނޑުދަނޑިތައް ހާސިލުކުރެވެމުންދާ މިންވަރު މިންކުރުމަށް އެހީތެރިވެދިނުން ވެސް ހިމެނެއެވެ.

”އެސް.ޑީ.ޖީސް ކޮމިއުނިކޭޝަން ސްޓްރެޓަޖީ އެންޑް އެކްޝަން ޕްލޭން 2019-2023“ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ގެ ވެބްސައިޓް www.environment.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.