ނިދާއު އަލް އިސްމާގެ ”ކިޑް ފަން“

ޖަމުޢިއްޔަތު ނިދާޢު އަލް އިސްލާމް ގެ ފަރާތުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ކުޑަކުދިން ގެ ހަވީރު މިއަހަރު ވެސް ބާއްވާނެ ކަމަށް އެ ޖަމުޢިއްޔާ އިން ހާއްމަ ކުރައްވައިފިއެވެ.

ޖަމުޢިއްޔަތު ނިދާޢު އަލް އިސްލާމް ގެ ރައީސް އަލްއަޚް އިބްރާހިމް ވާފިރު މިއަދު އެޓޯލް ނިއުސް އަށް  ދެއްވި ބަސްދީ ގަތުމެއްގައި ވިދާޅުވީ މި ނޮވެމްބަރ މަހުގެ 16 ވާ ހުކުރު ދުވަހު ހަވީރު ފޮއްދޫ ގެ އެއްމެހާ ކުޑަ ކުދިން ނަށް އެހެން އަހަރު ތަކެކޭ އެއްފަދަ އިން  ކުޑަ ކުދިންގެ ހަވީރު ބާއްވާނޭ ކަމަށެވެ. ނަމަވެސް މިއަހަރު ގެ މިހަވީރާއި އެކު ދެން ކޮންމެ އަހަރަކު ވެސް މި އިވެނަޓް ކުރިއަށް ގެންދާނީ ” ނިދާއު ކިޑުސް ފަން ”  ގެ ނަމުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދިި މިައހަރު ގެ މިހަވީރު ގައިވެސް ތަފާތު ގިނަ ސްޓޯލް ތަކާއި ސްޓޭޖް  ހަރަކާތްތައް ބާއްވާގޮތައް ވަނީ ހަމަ ޖައްސާފާ ކަމަށާއި މިހަވީރު މި އަހަރު ހުށަ އަޅައި ދެއްވާނީ ރާއްޖޭގަ މިފަދަ އެތަކެއް ހަވީރު ތަކެއް ކާމިޔާބު ކަމާއެކު ހުށަހަޅައި ދީފައިވާ ކުޅަދާނަ ހުށަހެޅުން ތެރިޔާ އިބްރާހިމް ރަމީޒް(iibbey) ކަމަށް އޭނާ ވިދާޅުވިއެވެ.

އިޝްތިހާރު full width ad 1200 x 150

މީގެ އިތުރުން މިހަވީރުގައި ބައިވެރިވާ ކޮންމެ ކުއްޖަކައް ވަރަށް ތަފާތު ދެ ހަދިޔާއެއް ދޭ ގޮތައްވެސް ހަމަޖެހިފައިވެއެވެ. ”މި އިވެންޓް މިހާ ކާމިޔާބު އިވެންޓަކަށް މިހެދެނީ ސްޕޮންސަރުން ގެ ބުރަ މަސައްކަތުން، ވީމާ މި އިވެންޓް ސްޕޮންސަރ ކޮށްދެއްވާ އެންމެހާ ފަރާތްތަކަށް ނުހަނު  އިޚްލާސް ތެރިކަމާ އެކު ޝުކުރު ދަންނަވާ“ ނިދާއު އަލް އިސްލާމްގެ ރައީސް އިބްރާހިމް ވާފިރު.

މީގެ އިތުރުން އޭނާ ވިދާޅުވީ މިފަދަ އިވެންޓެއް ކޮންމެ އަހަރަކު ތަކުރާރުކޮން މިބާއްވަނީ ފޮއްދޫ ގެ އެންމެހާ ކުޑަ ކުދިންގެ ހިތް ތަކުގައި  ދީނީ އަދި އިޖުތިމާޢީ ގޮތުން ލޯބި ޖައްސާ އެކުދިން ނަކީ އެކުދިން ގެ ހުސް ވަގުތު ދީނީ އިޖުތިމާޢީ ގޮތުން ފައިދާ ހުރި ގޮތުގައި  ބޭނުން ކުރާ ބަޔަކަށް ހެދުމުގެ މަތިވެރި މަގުސަދުދައިކަމަށެވެ.

ނިދާއު އަލް އިސްލާމަކީ ނޫނު އަތޮޅުގައި ވެސް ބޮޑެތި ޙަރަކާތްތަކެއް ކާމިޔާބު ކަމާއެކު ހިނގާފައިވާ ޖަމްޢިއްޔާއެއްކަން ފާހަގަ ކުރެވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.