ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަރނެޓްގެ ޚިދުމަތް އިތުރު ދެރަށަަށް ފޯރުކޮށްދީފި
ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަރނެޓްގެ ޚިދުމަތް އިތުރު ދެރަށަަށް ފޯރުކޮށްދީފި އެވެ.
އެގޮތުން ދިިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް ތަރައްޤީކުރުމުގެ ގޮތުން ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަރނެޓްގެ ޚިދުމަތް މިފަހަރު ފޯރުކޮށްދީފައިވަނީ ތ. ގުރައިދޫ އާއި ށ. މިލަންދޫއަށެވެ.
2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގެ އާބާދީގެ %70 އަށް މިހާރު ވަނީ ދިރާގު ހައިސްޕީޑް ފައިބަރ އިންޓަނެޓް ގެ ހިދުމަތް ފޯރުކޮށްދީފައިއެވެ. އެއީ މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން 45 އެހެން ރަށެކެވެ.
ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެވެ.
ދިރާގުން ބުނީ މި ރަށްރަށުގެ ގޭބިސީތަކާއި ވިޔަފާރިތަކަށް މި ޚިދުމަތް ފުރިހަމަޔަށް މިހާރު ލިބެމުންދާނެ ކަމަށެވެ.
ދިރާގުން ވަނީ މި ހިނގާ ނޮވެމްބަރު މަހުގެ ނިޔަލަށް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއްވެސް ފަށާފައެވެ. މި ޕްރޮމޯޝަނުގައި ގެއަށް ފައިބަރ ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމާއި 3 މަސްދުވަސް ވަންދެން ނަންގަވާ ކޮންމެ ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ ޢަދަދުން %25 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެއެވެ.
ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމެވެ. މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ދިރާގުން ކުރިއަށް ގެންދާނެއެވެ.